Maaliyyathu committee inn ninmaafavaa 10 audit report eh Majileehun faaskoffi
image
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ އަށްވަނަ ބައްދަލުވުމުގެ ތެރެއިން، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި އިސްވެރިން؛ އެބޭފުޅުން މާލިއްޔަތު ކޮމެޓީއަށް ވެސް ވަނީ ހާޒިރުކޮށްފަ--
0 ކޮމެންޓް
 

މާލިއްޔަތު ކޮމިޓީން ނިންމާފައިވާ 10 އޮޑިޓް ރިޕޯޓު މަޖިލީހުން ފާސްކޮށްފި

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ 10 އޮޑިޓް ރިޕޯޓެއް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީން ދިރާސާކުރި 10 އޮޑިޓް ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ އޮޑިޓް ރިޕޯޓްތަކަކީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކެކެވެ.

އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ 2015 ވަނަ އަހަރުގެ ރިޕޯޓާއި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެ ރިޕޯޓްތަކަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ރިޕޯޓުތަކުގެ ތެރެއިން ބައެއް ރިޕޯޓްތަކެކެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފުރަތަމަ ނިންމަމުން ދަނީ ފައިނޭޝަލް މައްސަލައެއް ނެތް ކަމަށް ފާހަގަ ކުރެވޭ އޮޑިޓް ރިޕޯޓްތައް ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ސަރުކާރުގެ އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް ހިމެނޭ ކަމަށާއި ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ބޮޑެތި ފައިސާގެ ހިޔާނާތުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް އެބަހުރި ކަމަށެވެ.
ހިޔާލު