Salman aai Alia ekuga fenna furathama film ge shooting fashaifi
image
ސަންޖޭ ލީލާ ބަންސާލީ އާއި ސަލްމާން އަދި އާލިއާ--
0 ކޮމެންޓް
 

ސަލްމާނާއި އާލިއާ އެކުގައި ފެންނަ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު، "އިންޝާﷲ" ގެ ޝޫޓިންތައް ފަށައިފިއެވެ.
އެފިލްމަކީ ބަންސާލީއާއެކު 20 އަހަރަށް ފަހު ސަލްމާން މަސައްކަތް ކުރާ ފިލްމެވެ. އަދި މިއީ ސަލްމާން އާއި އާލިއާ ވެސް އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

ހަބަރުތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިންތައް ކުރިއަށް ދާނީ އިންޑިއާގެ އިތުރުން އެމެރިކާގަ އެވެ. އެގޮތުން މިހާރު އެމީހުން ތިބީ ކެލިފޯނިއާގައި ކަމަށް ވެއެވެ.

ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު އެފިލްމު ނެރޭނީ އަންނަ އަހަރުގެ ކުޑަ އީދުގައެވެ.

ސަލްމާން ފަދަ ކުޅަދާނަ ތަރިއެއް އަދި ބަންސާލީ ފަދަ ކާމިޔާބު ޑައިރެކްޓަރަކާއެކު މަސައްކަތް ކުރަން ފުރަތަމަ ފަހަރަށް ލިބިފައިވާތީ ޒުވާން އާލިއާ ވެސް ހުރީ ވަރަށް އުފަލުންނެވެ.
ހިޔާލު