Shah furathama faharah tamil film akun!
image
ޝާހު ރުކް ހާން---
0 ކޮމެންޓް
 

ޝާހު ފުރަތަމަ ފަހަރަށް ތަމަޅަ ފިލްމަކުން!

ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ތަމަޅަ ފިލްމަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ޝާހުގެ ކުރިއަށް އޮތް ފިލްމު އަދި ސިއްރުކޮށްފައިވާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ ކުރިއަށް އޮތް ފިލްމުން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

"ބިގިލް" ނަމަކަށް ކިޔާ އެފިލްމުގައި ޝާހު ފެނިގެންދާނީ ވިލަން އެއްގެ ރޯލުން ކަމަށާއި އޭނާ އެފިލްމުގައި ފެނިގެންދާނީ 15 ވަރަކަށް މިނެޓަށް ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޝާހު އެފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ނޫސްތަކުން ބުނަމުން އަންނައިރު ޝާހު ތަމަޅަ ފިލްމެއްގެ ހާއްސަ ލަވަ އަކުން ފެނިގެންދާނެ ކަމަށް ވެސް ދާދި ފަހުން ވަނީ ހަބަރުތައް ފަތުރާފައެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އިއުލާނެއް އަދި ކޮށްފައެއް ނުވެއެވެ.

"ބިގިލް" އަކީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ވަރުގަދަ ތަމަޅަ ފިލްމެކެވެ. ޝާހު އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ. އެފިލްމުގައި ޝާހު ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުން ފެނިގެންދިޔައިރު ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ކުރިއަށް އޮތް މަސައްކަތް އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގައެވެ.
ހިޔާލު