MDP PG group leaderunnai Raees bahdhalu kurahvaifi
image
އެމްޑީޕީ ޕީޖީ ލީޑަރުންނާއި ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

އެމްޑީޕީގެ ޕީޖީ ގުރޫޕު ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރޝިޕަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވި ވަޑައިގެންފައިވާ ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ދުވަސްވަރު ރައީސް ސޯލިހް ވިދާޅުވަމުން ގެންދެވީ ސަރުކާރަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ މެންބަރުންގެ އަދަދު ގިނަވެގެން ކަމަށާއި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށެވެ. މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މުޅި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ލިބިގެން ގޮސްފައެވެ. އެއީ 65 މެންބަރުންނެވެ.
ހިޔާލު