Gaumee Volley team ge memberunnai Raees bahdhalu kurahvvaifi
image
ގައުމީ ވޮލީޓީމާއި ރައީސް ބައްދަލު ކުރައްވަނީ --- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ގައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށް ސަރބިއާއަށް މިރޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.
މިރޭ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި މިއީ ޔޫރަޕްގެ ގައުމަކަށް އިތުރު ތަމްރީނުތަކަށް ޤައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުސަތުކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ގައުމެއްކަން ފާހަގަކުރައްވައި، މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައި.އޯ.އައި.ޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާސިލްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އެ ޓީމުގެ ކޯޗު ވިދާޅުވިގޮތުގައި، ސަރބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމުކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައި.އޯ.އައި.ޖީގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.
ހިޔާލު