Kochin ferry MOU ah India ge cabinet in ruhun dheefi
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކޮޗިން ފެރީ އެމްއޯޔޫ އަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފިއެވެ.
އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މަހު، އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުން ސޮއިކުރި އެ އެމްއޯޔޫގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުންދޭ ކަމަށެވެ.

އެ އެމްއޯޔޫގައި ވަނީ އިންޑިއާގެ ކޮޗިން އާއި ރާއްޖޭގެ ދެކުނުގައި އޮންނަ ހދ. ކުޅުދުފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.

ކޮޗިން ފެރީ ރާއްޖެއަށް ފެށުމާ މެދު ބައެއް އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
އިންޑިއާ ރާއްޖެ
ހިޔާލު