ECC ga alha hospita ge furaalhu badhalukohdheyne bayaku hoadhanee
image
އައްޑޫ ސިޓީގައި ހުންނަ ކޮންވެންޝަން ސެންޓަރު---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އައްޑޫ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލުގެ ފުރާޅު ބަދަލުކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ފުރާޅު ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އީސީސީގައި އަޅާ ހޮސްޕިޓަލުގެ ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ އިތުރުން މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އިމާރާތް ވެސް ކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްކުން ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހޭއިރު ފައިސާ ބަލައިގަންނާނީ މި މަހުގެ 29 ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 2016 ވަނަ އަހަރު އެ އިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ 161.8 މިލިއަން ރުފިޔާ އަށެވެ.

އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ.
ހިޔާލު