Qaumee Maurazugai baiverivumah hulhuvaali muhdhathu ithurukohfi
image
ދިވެހި އުފެއްދުންތަކެއް-- ފޮޓޯ: މުހައްމަދު ޝަރުހާން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގައުމީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ގައުމީ މައުރަޒު އިންތިޒާމު ކުރާ އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މުއްދަތު އިތުރުކުރީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު އިތުރުކުރަން ގިނަ އަދަދެއްހެ ބަޔަކު އެދެމުންދާތީ ކަމަށެވެ.

މައުރަޒުގައި ޖުމްލަ ހަ ދާއިރާއަކުން ބައިވެރިވުމެގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެއީ ވަކިވަކި ފަރުދުންގެ ދާއިރާ އާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ އަދި ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއެވެ.

އެ މައުރަޒަކީ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމުގެ އިތުރަށް ދިވެހި އުފެއްދުންތައް ކުރިއެރުވުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މައުރަޒެކެވެ.

މައުރަޒުގައި ބައިވެރިވާން އެދޭ ފޯމު އިކޮނޮމިކް މިނިސްޓްރީގެ އޮފީހުންނާއި ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހިޔާލު