11 ambulance supply kohdheyne faraatheh hoadhanee
image
މީގެ ކުރިން ރާއްޖެ ގެނައި ހަތަރު އެމްބިއުލާންސް-- ފޮޓޯ: ޓްވިޓާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

11 އެމްބިއުލާންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ހެލްތު މިނިސްޓްރީން އެދުމުން 11 އެމްބިއުލާންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެ ކަމަށާއި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފައިސާ ބަލައިގަންނާނީ 30 ޖުލައި 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.30 އިން 12:00 އަށް އެ މިނިސްޓްރީންނެވެ.

އޭގެ އިތުރުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާ ކުރާ މާލަމު ގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ހިޔާލު