Sarukaaru kunfunithakuge bonus usoolah bodu badhaleh
image
ފިނޭންސް މިނިސްޓްރީ.
0 ކޮމެންޓް
 

ސަރުކާރު ކުންފުނިތަކުގެ ބޯނަސް އުސޫލަށް ބޮޑު ބަދަލެއް

ސަރުކާރުން މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުގެ ބޯނަސް އުސޫލަށް ފިނޭންސް މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފި އެވެ.
ފިނޭންސް މިނިސްޓްރީން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ބޭނުމަކީ ސަރުކާރުން މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުގައި ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމެވެ. އޭގެ އިތުރުން އެ އުސޫލުގެ ދަށުން، ކުންފުނިތަކުން ބޯނަސް ދޫކުރާއިރު އެއީ ޑިވިޑެންޓް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޓް ދެއްކުމަށް ފަހު ދޭ ބޯނަސްއަކަށް ބަދަލު ކުރުމަށް ވެސް އާ އުސޫލުގައި ބުނެފައި ވެއެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަގެ އަމާޒުތައް ހާސިލް ކުރުމަށް ހުރިހާ ފަރާތަކުން ވެސް އެއް މިސްރާބަކަށް މަސައްކަތް ކުރުމަކީ ވެސް އަލަށް އަމަލުކުރަން ފެށި އުސޫލުގެ ބޭނުމެކެވެ. އޭގެ އިތުރުން އަލަށް އަމަލުކުރަން ފަށާ އުސޫލުގެ ދަށުން ބޯނަސް ދެވޭނީ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފަ އެވެ.

އެގޮތުން އަހަރީ އާންމު ޖަލްސާ އިން ފާސްކުރުމަށް ފަހު ބޯނަސް ދެވޭނީ، ޑިވިޑެންޓް ނުވަތަ ހިއްސާގެ ފައިދާ ފިނޭންސް މިނިސްޓްރީ އަށް ދެއްކުމަށް ފަހު އެވެ. ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކަށް މިނިސްޓްރީއާ އެކު އެއްބަސްވުމަކަށް އައުމަށް ފަހު އެވެ.

ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ފައިސާ އެއް ދައްކަން ޖެހޭނަމަ، ފިނޭންސް މިނިސްޓްރީ އަށް ޑިވިޑެންޓް ދައްކާއިރު، ކުންފުންޏަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އަށް ކެނޑުމަށް ފަހު ޑިވިޑެންޓް ފައިސާ "ސެޓް-އޮފް" އުސޫލުން ދެއްކިދާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެ އެވެ.
ކުންފުނި ފިނޭންސް
ހިޔާލު