Kuda anhen kuhjakah geygai gengulhey meehaa behunu mahsalaeh balanee
image
ކުޑަކުއްޖާ އާ ބެހުނު މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި.
0 ކޮމެންޓް
 

ކުޑަ އަންހެން ކުއްޖަކާ ގޭގައި ގެންގުޅޭ މީހާ ބެހުނު މައްސަލައެއް ބަލަނީ

ރާއްޖޭގެ ރަށެއްގައި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާ އުޅޭ ގޭގައި ގެންގުޅޭ ބަންގްލަދޭޝް ފިރިހެނަކު ބެހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ދެކުނު އަތޮޅެއްގެ ރަށެއްގައި، ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކާ މެދު އެ ގޭގައި ގެންގުޅުނު ބަންލަދޭޝް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓް ކޮށްފައިވަނީ އިއްޔެ 16:00 ހާއިރު ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ 38 އަހަރުގެ ބަންގްލަދޭޝް މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭނާ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރިއްޔަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ބެހޭ މައްސަލަތައް ފުލުހުން ބަލަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ އެވެ. އަދި އެ ކުދިންގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރާނެ އެވެ. އެގޮތުން އެ ކުދިންގެ ރަށާއި އަތޮޅު ވެސް ފުލުހުން ހާމައެއް ނުކުރާނެ އެވެ.
ކުޑަކުދިން ޕޮލިސް
ހިޔާލު