Hiyaage dhe kujjaku Minor Hotels Explorer Program gai baiverivehje
image
އެ ޕްރޮގްރާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
0 ކޮމެންޓް
 

ހިޔާގެ ދެ ކުއްޖަކު މައިނާ ހޮޓެލްސްގެ އެކްސްޕްލޯރާ ޕްރޮގްރާމްގައި ބައިވެރިވެއްޖެ

ދައުލަތުގެ ބެލުމުގެ ދަށުގައި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން އަންނަ ދެ ކުއްޖަކު މައިނާ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރާ ޕްރޮގްރާމާގައި ބައިވެރިވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ ޕްރޮގްރާމު އެ ދެކުދިން ފުރިހަމަ ކުރާނީ މައިނާ ހޮޓެލްސް ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހިންގަމުން ގެންދާ އަނަނާތްރާ މޯލްޑިވްސްގައި ކަމަށެވެ.

އެ ޕްރޮގްތާމު ފުރިހަމަ ކުރާ ބައިވެރިންނަށް ހޮސްޕިޓަލިޓީ ދާއިރާގެ ލެވަލް ތިނެއްގެ ސެޓްފިކެޓެއް ދެވޭނެ ކަމަށާއި ޕްރޮގްރާމްގައި ރިސޯޓުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތް ތަޖުރިބާކުރުމުގެ އިތުރުން އޮންލައިން ކްލާސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ވެސް މައިނާ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރާ ޕްރޮގްރާމާގައި ހިޔާގެ ކުއްޖަކު ބައިވެރިވެ ގްރެޖުއޭޓްވެފައި ވެއެވެ.

އެ ޕްރޮގްރާމު އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓަލް ޖެންގައި ބޭއްވުނު ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، އަނަންތަރާ މޯލްޑިވްސްގެ ފަރާތުން ރާއްޖެއަށް ލިބެނީ އިގްތިސާދީ ފައިދާ އެކަނި ނޫން ކަމަށާއި އިޖުތިމާއީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމަކީ އެފަދަ މުހިއްމު ޕްރޮގްރާމެއް ކަމަށާއި މިއީ ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ މުސްތަގުބަލު ބިނާކުރުމަށް ލިބިގެން ދާ މުހިންމު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވަޒީފާގެ މާހައުލަށް ނުކުތުމަށް ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން އެކި ފުރުސަތުތައް ޖެންޑާ މިނިސްޓްރީން ދަނީ ތަނަވަސްކޮށްދެމުންނެވެ.
ހިޔާލު