Male ge magumathin jinsee furassara kurimathivi faraithah hoadhanee
image
މާލޭގެ މަގެއް--
0 ކޮމެންޓް
 

މާލެ މަގުމަތިން ޖިންސީ ފުރައްސާރަ ކުރިމަތިވި ފަރާތްތައް ހޯދަނީ

މިދިއަ މަހުގެ 25 ވަނަ ދުވަހު މާލޭގެ މަގުމަތިން ދިޔަ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، އެދުވަހު މާލޭގެ މަގުތަކުގައި ޖިންސީ ފުރައްސާރަ ކުރިމަތިވި ފަރާތްތައް ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
މިއަދު ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2019 ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ފުލުހުން ބެލިބެލުމުން ހަމަ އެދުވަހު މާލޭގެ އިތުރު ދެ ސަރަޙައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ޖޫން މަހުގެ 25 ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް މީހަކަށް މިބާވަތު ފުރައްސާރައެއް ކުރިމަތިވެފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އެކަމުގެ މަޢުލޫމާތު ހިއްސާ ކުރެއްވުން އެެދޭ ކަމަށެވެ.

މާލޭގެ މަގުތަމަތުން އަންހެނަކަށް ފުރައްސާރަ ކުރިމައްސަލައެއް ދާދިފަހުން ވަނީ ވީޑިއޯއާއެކު ސޯސަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެމައްސަލައާ ގުޅިގެން ފުލުހުން ވަނީ ފުރައްސާރަ ކުރި މީހާ ހޯދުމަށްފަހު، ހައްޔަރުކޮށްފަ އެވެ.
ޕޮލިސް
ހިޔާލު