Dhe saikaleh jehi Male gai accidenteh hingaifi
image
މާލޭގެ މަގެއް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދެ ސައިކަލެއް ޖެހި މާލޭގައި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގީ މޫންލައިޓު ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލެއް ބުރުޒުމަގަށް އަޅަން އުޅުމުގެ ތެރޭގައި މޫންލައިޓް ހިނގުމުން ދެކުނުން އުތުރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އެކަން ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 10:00 ގައެވެ.

އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވި ދެ މީހުންނަށް ވެސް އަނިޔާވެފައިވާއިރު ދެ ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފަ އެވެ.

އެކްސިޑެންޓުގައި ހިމެނެނީ ލައިސަންސް އޮންނަ ދެ މީހުން ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސެނެހިޔާއިން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެކްސިޑެންޓް ޕޮލިސް
ހިޔާލު