Male in Thilafuhtah gulhaala bridge ge amalee masaihkai February ga fashanee
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ފެބްރުއަރީ ގައި ފަށަނީ

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުއްޓާ ގުޅާލާ ބްރިޖުގެ މަސައްކަތުގެ ކޮންސަލްޓެންސީ އަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އަޅާ ދެވަނަ ބްރިޖުގެ މަޝްރޫއު މި ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހު ނިމުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމާ ދިމާކޮށެވެ.
ހިޔާލު

ކުޑަ ބުރޯ

ރައީސް ޔާމިން ސަރުކާރުގައި 1 ކިލޯ މީޓަރ ބުރިޖް އެލުނީ 285 މިލިއަށް ޑޮލަރާށެވެ. އެހެން ކަމުން މާލެ - ވިލިމާލެ - ގުޅީފަޅު - ތިލަފުށި ގުޅާ ލުމަށް ހާދަ ފައިސާއެއް ބޭނުންވާނެތާއެވެ. ދުނިޔޭގައި ތިބި ބަޔަކަށް މި ބުރިޖު ތަކުގެ އަގާއި ދުރުމިން އަދި ކޭވަރެއް އެގިދާނެތާ ؟