Airport terminal ge masakkaiy 2022 ga nimeyne
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެއާޕޯޓު ޓާމިނަލްގެ މަސައްކަތް 2022 ގައި ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2022 ވަނަ އަހަރުގެ މެދު ތެރޭގައި އެންމެ ލަސްވެގެން ހުޅުވިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއާޕޯޓު ޓާމިނަލުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މިހާރު އަލުން އެތަނުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޕެސެންޖާ ޓާމިނަލުގެ މަސައްކަތް ޖުލައި މަހުގެ 27 ވަނަ ދުވަހު އަލުން ފެށޭނެ ކަމަށާއި އެމަސައްކަތް ނިންމުމަށް 30 މަސް ހޭދަވާނެ ކަމަށް ރައީސް ލަފާ ކުރެއްވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މި މަސައްކަތް 2022 ވަނަ އަހަރު މެދު ތެރޭގައި އެންމެ ލަސްވެގެން ނިމޭނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދު ކުރިއަރުވަން އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު