5 sarahahdhehga hospital elhumun 13000 vazeefaa ufedheyne
image
ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ދަ އެޑިޝަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފަސް ސަރަހައްދެއްގައި ހޮސްޕިޓަލު އެޅުމުން 1300 ވަޒީފާ އުފެދޭނެ: ރައީސް ސޯލިހު

ފަސް ސަރަހައްދެއްގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަން ހޮސްޕިޓަލަށް ބަދަލުކުރުމާއެކު ރާއްޖޭގައި 1300 ވަޒީފާ އުފެދިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަށް ބަދަލުކުރުމުން އަންނާނެ ނަތީޖާއާ މެދު ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން އެތަންތަން ހޮސްޕިޓަލަށް ބަދަލުވެގެން ދިޔުމުން މަދުވެގެން 1300 އާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުތައް ތަރައްގީ ކުރެވުމުން ބޭސް ފަރުވާއަށް މާލެ އައުމުގެ ބަދަލުގައި އޮތުޅު ތެރެއިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މިދިޔަ މަހު ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލަށް ތަރައްގީ ކުރަމުން ދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަޕް ހޮސްޕިޓަލް، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކަމަށެވެ.

ހިޔާލު