Dhauru nimey iru hurihaa rashakun narudhamaa aai fenuge hidhumaiy libeyne
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ސަން
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދައުރު ނިމޭއިރު ހުރިހާ ރަށަކުން ނަރުދަމާ އާއި ފެނުގެ ހިދުމަތް ލިބޭނެ: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެކަނިވެސް 29 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭގެ އިތުރުން މި ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ހުރިހާ ރަށެއްގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ހުރިހާ ރަށެއްގައި ވެސް ލިބޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަސާސީ ހިދުމަތްތައް ހުރިހާ ރަށަކުން ވެސް ލިބޭނެ ގޮތް ހެދުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އެކަން ހާސިލް ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



ހިޔާލު

މުހަންމަދު

ތިޔަ ތަންތަން ފެންނާނި ހުވަފެނުން އަނެއްކާދޮގުތެންހަދަންފެށީ