America ge minivan dhuvahuge thahuniyaa foreign minister fonuvaifi
image
މިނިސްޓަރު ޝާހިދު-- ފޮޓޯ: ރާއްޖެއެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮރިން މިނިސްޓަރު ފޮނުއްވައިިފި

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ 243 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓާ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަޑް ޕޮމްޕެއޯއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަ ޝާހިދުގެ މެސެޖްގައި އެމެރިކާގެ މިނިވަންކަން އިއުލާންކުރިތާ 243 އަހަރު ފުރުމުގެ މުނާސަބަތުގައި ސެކްރެޓަރީ ޕޮމްޕެއޯއަށާއި، އެމެރިކާ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށް އެމެރިކާއިން ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ދެގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އޮންނަ ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއްކަމުގައި މިނިސްޓަ ޝާހިދުގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދެގައުމުގެ މެދުގައި އޮންނަ ގުޅުން މިއަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެސެޖް ނިންނަވާލައްވަމުން، ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަ ޝާހިދު ވިދާޅުވިއެވެ.
ހިޔާލު