Coalition Leaderuna eku alu bahdhaluvunthah baavan fashanee
image
ރައީސް ސޯލިހް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި:
2 ކޮމެންޓް
 

ކޯލިޝަންގެ ހުރިހާ ލީޑަރުން ގައުމުގައި ތިއްބަވާ ދުވަހަކު ބައްދަލުވުން ބާއްވާނަން: ރައީސް

ސަރުކާރު ކޯލިޝަންގެ ހުރިހާ ލީޑަރުން ރާއްޖޭގައި ތިއްބަވާ ދުވަހެއްގައި ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ބޭއްވުމަށް މަގުފަހިވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޯލިޝަން ލީޑަރުންގެ މެދުގައި ގުޅުން އެބައޮތް ކަމަށާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ދުވސްވަރު ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވުނީ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ. އެހެންކަމުން އެފަދަ ބައްދަލުވުމަކުން ނަތީޖާއެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމެއް ކުރާއިރު އެކަމުން ނެރެވޭނެ ނަތީޖާއެއް އޮންނަންވާނެ ކަމަށާއި އެކަމުން ކުރާނެ ފައިދާއެއްވެސް އޮންނަންވާނެ ކަމަށެވެ.

"އިންތިހާބުގެ ތެރޭ ކޯލިޝަނުގެ ބައްދަލުވުމެއް ނުބޭއްވީ، އެ ބައްދަލުވުމުން ކުރާނެ ފައިދާ އެއް އަޅުގަނޑަށް ނުފެންނާތީ. ބައްދަލުވެގެން ކޮލިޝަނަށް އެކީގައި އޮންނަން ކުރެވޭނެ އިތުރު ފައިދާއެއް އޮތްކަމަކަށް [އޭރު] އަޅުގަނޑަކަށް ނުފެނުނު. އެހެންވެ އޭރު ލީޑަރުން ބައްދަލުކުރުމަށްވުރެ ނުކުރުން އެއީ ކޯލިޝަނަށް އޮތް އެންމެ ފައިދާހުރިގޮތްކަމަށް ފެންނާތީ، އަޅުގަނޑު އެގޮތަށް ނިންމީ،"

"އެނގިވަޑައިގަންނަވާނެ، މަޖިލިސް އިންތިހާބަށް ދިޔައިރު، އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވުނު މަޖިލީހަށް ދާނީ އެކީގައި ކަމަކަށް. އެގަޑީގައި ހަތަރު ލީޑަރުންނާ އަޅުގަނޑާ އެކީގައި އިށީނދެގެން ކުރެވޭނެ މަޝްވަރާއެއް އޮތްކަމަށް، އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް އޮތްކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވުނު. މިހާރު އަނެއްކާވެސް މިއޮތީ ފައްކާވެފައި، މަގުފަހިވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިސްބަތްވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ލީޑުކުރައްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.
ހިޔާލު

އަހައްމަ

އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކޯލިޝަން ދެމެހެއްޓުމުގައި ޖޭޕީވަނީ ފޭލްވެފައެވެ. އެހެން ކަމުން ޖޭޕީ ލައިގެން ނިންމާ ނިންމުމަކީ އިދިކޮޅު ޕާޓީއާއި މެދު ވެވޭ އެއްބަސް ވުމެއްކަމަށެވެ. އިޚުލާސްތެރިކަން ނެތީއެވެ. މިހާރު އެތެރޭގެ ޚަބަރުތަށް އިދިކޮޅަށް ދޭ ބަޔަކީ ޖޭޕީއެވެ. ސަރުކާރު ފޭލްކޮއްލަށް އުޅެނީ ވެސް ޖެޕީއެވެ. އޮފީސްތަކުގެ މަސައްކަތަށް ހުރަސް އަޅަނީ ވެސް ޖޭޕީއެވެ. 2018 ވަނަ އަހަރު ޖޭޕީ ލީޑަރު މަޖުލިސްގެ ރައީސްކަމަށް ހުރެ ރިޔާސީ ކޮމިޝަނަށް ބާރުދޭ ދެކޮޅު ހެދީ ވެސް ޖޭޕީއެވެ. މީހަގީގަތެވެ. އެހެން ކަމުން 5 މިލިއަން ޑޮލަރު ދިނީމާ ސޭޓް ހަމަޔަކަށް އެޅޭނެ ކަމަށް ހީކުރުމަކީ ބޮޑު މޮޔަ ޚިޔާލެކެވެ. ކަރަންޓު ބުރުމާ މިހާރު ދެކޮޅަށް އެބުރޭނެއެވެ.

ނާޅި

23/9/2018 ގައި ރައްޔިތުން ނިންމި އެންމެ ބޮޑު ނިންމުމަކީ ހުރިހާ މީހުން ރަގަޅަށް ހުރިހާ ކަމެއްކުރުމަށް އެންމެންވެސް ރަގަޅުކަންކަން ކުރުމަށް، ގޯސްކޮށް އެއްވެސް ކަމެއްނުކުރުމަށް ގޯސްކަމެއްވެސް އެކަކުވެސް ނުކުރުމަށް !