Sharuee Court thakaai idhaaraa thakuge dhidha bai dhandi ah thiri kuran nihmmaifi
image
އުމުރުން 55 އަހަރުގައި މިއަދު ކުއްލި ގޮތަކަށް ނިޔާވި ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު މޫސާ--
0 ކޮމެންޓް
 

ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފި

ކ. ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، މުހައްމަދު މޫސާ ކުއްލި ގޮތަކަށް މިއަދު ނިޔާވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ ދިދި ބައިދަނޑިއަށް ތިރި ކުރުމަށް ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ ބުނީ ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވާފައިވާ ކަމަށެވެ.

މުހައްމަދު މޫސާއަކީ 1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، ބޭފުޅެކެވެ. ޑީޖޭއޭއިން ބުނީ އައުސްތާޛު މުޙައްމަދު މޫސާ އަކީ ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

މުހައްމަދު މޫސާ ނިޔާވިއިރު އޭނާގެ އަންހެނުންނާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ހިޔާލު