Little Mermaid ge remake ga Ariel akee lava kiyuntheriyaa Halle
image
0 ކޮމެންޓް
 

ލިޓްލް މާމެއިޑްގެ ރީމޭކުގައި އޭރިއަލް އަކީ ލަވަކިޔުންތެރިޔާ ހެލީ

"ދަ ލިޓްލް މާމެއިޑް" ގެ ލައިވް އެކްޝަން ރީމޭކް ފިލްމުގައި އޭރިއެލްގެ ރޯލުގައި އުޅޭނީ ލަވަކިޔުންތެރިޔާ ހެލީ ބެއިލީ ކަމަށް ޑިޒްނީން ބުނެފި އެވެ.
ފިލްމުގެ ޑައިރެކްޓަރު ރޮބް މާޝަލް ބުނީ ހެލީ އަކީ "އާދަޔާ ހިލާފަށް ހިތްވަރު ހުރި، ޒުވާން، މަޑުމައިތިރި އަދި އަސަރުން ފުރިފައިވާ އަޑެއްގެ ވެރިއެއް" ކަމަށެވެ.

އުމުރުން 19 އަހަރުގެ ހެލީ ބުނީ މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. ހެލީ އަކީ އާރް އެންޑް ބީ ލަވަތަކުން މަގްބޫލުކަން ހޯދި "ކްލޮއީ އެކްސް ހެލީ" ގެ ފަންނާނެކެވެ. "ކްލޮއީ އެކްސް ހެލީ" އަކީ ހެލީ އާއި އޭނާގެ ދައްތަ ކްލޮއީ އުފެއްދި، އެދެމީހުންގެ ލަވަ ގްރޫޕެވެ. ހެލީ އާއެކު "ދަ ލިޓްލް މާމެއިޑް" ގެ ޝޫޓިން ފަށާނީ 2020 ވަނަ އަހަރެވެ.

ޑިޒްނީން ބުނީ އެ ފިލްމުގައި މުޅިން އާ ލަވަތަކެއް ހިމެނޭނެ ކަމަށެވެ. އެއީ "ހެމިލްޓަން" އުފެއްދި ލިން މެނުއެލް މިރާންޑާ ލިޔެފައި ލަވަތަކެވެ.
ހޮލީވުޑް
ހިޔާލު