UK lava kiyun theriyaa Joss Stone Iran inn deport kollaifi
image
ޖޮސް ސްޓޯން އީރާނުގައި--
0 ކޮމެންޓް
 

އިނގިރޭސި ލަވަކިޔުންތެރިޔާ ޖޮސް ސްޓޯން އީރާނުން ޑީޕޯޓުކޮށްލައިފި

އިނގިރޭސި ލަވަކިޔުންތެރިޔާ ޖޮސް ސްޓޯން ފަސް އަހަރުގެ މަތިން ދުނިޔޭގެ 200 ތަނަކަށް ދަތުރުކޮށް، ޝޯ ދިނުމަށް ކުރިއަށް ގެންދާ "ޓޯޓަލް ވޯލްޑް ޓުއާ" ގައި އީރާނަށް ދިޔުމުން އެގައުމުން ޑީޕޯޓުކޮށްލައިފި އެވެ.
އުމުރުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ޕޯސްޓު ކުރި ވީޑިއޯއެއްގައި ބުނީ އޭނާ ހައްޔަރު ކުރުމަށް ފަހު ޑީޕޯޓުކޮށްލައިފި ކަމަށެވެ. އީރާނުގައި އަންހެން ފަންނާނުން އެކަނި ޝޯ ދިނުމަކީ މަނާ ކަމެއްކަން އޭނާ އަށް އިނގެ އެވެ.

އެހެންވެ ޖޮސް ބުނެފައި ވަނީ އީރާނުގައި އާއްމުކޮށް ހުޅުވާލައިގެން ޝޯއެއް ނުބާއްވާނެ ކަމަށެވެ. އެކަމަކު އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާގ ވާހަކަތައް ގަބޫލުނުކުރި ކަމަށް އޭނާ ބުންޏެވެ.
މި ހަފްތާގެ ކުރީކޮޅު ޖޮސް ވަނީ ޔަމަނުގައި އޭނާގެ ޝޯ ދީފައެވެ. އެ ޝޯ އޮތީ ޔަމަނުގައި ހަނގުރާމަ ކުރާ ސަރަހައްދާ ދުރު ހިސާބެއްގަ އެވެ.

"ޓޯޓަލް ވޯލްޑް ޓުއާ" އަށް ޖޮސް ދަތުރު ފެށީ 2014 ގައެވެ. އޭނާ ބޭނުންވަނީ 200 ތަނެއްގައި ޝޯ ދޭށެވެ. އދ.ގެ މެމްބަރު ގައުމުތަކުގެ ގޮތުގައި އޮންނަނީ 193 ގައުމެވެ.

ޖޮސްގެ 198 ވަނަ ގައުމެއްގެ ގޮތުގައި ގޮސްފައި ވަނީ ލީބިޔާ އަށެވެ. އެހެންކަމުން އަދި ދެތަނެއްގައި އޭނާ ޝޯ ދިނުމުން މި ޓުއާ ނިމޭނެ އެވެ.
ހިޔާލު