Luthufee Embassy gai foru vumakee Corruption ge amaleh: Yaameen
image
ކުރީގެ ރައީސް ޔާމީން-- ފޮޓޯ: ސަން
2 ކޮމެންޓް
 

ލުތުފީ އެމްބަސީގައި ފޮރުވުމަކީ ކޮރަޕްޝަންގެ އަމަލެއް: ޔާމީން

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ އިސް މޭސްތިރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފޮރުވައިގެން ގެންގުޅުމަކީ ގާނޫނީ ގޮތުން މި ސަރުކާރުން ކުރަމުން ގެންދާ ވަރަށް ބޮޑު ކުށެއް ކަމަށާއި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
"ފޭރުމާ ދެކޮޅަށް" މި ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްވަމުން ޔާމީން ވިދާޅުވީ މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން މީހަކަށް މަންފާއެއް ހޯދުމަކީ ކޮރަޕްޝަން ކަމަށެވެ. މި ސަރުކާރުގެ ބޭފުޅުންތަކެއް ވެގެން މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ލުތުފީ އެމްބަސީގައި ބަހައްޓައިގެން މަންފާތަކެއް ހޯދައި ދެއްވައިފި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ބޮޑު ޒީރޯ ޓޮލެރެންސްގެ ތެރެއިން މި މައްސަލަ ބަލަން ޖެހޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލުތުފީއަށް އެމްބަސީއަކު ނޯވެވޭނެ ކަމަށާއި އެމްބަސީއަކީ ހާއްސަ ރައްކާތެރި ކަމެއް އޮންނަ ތަނެއް ކަމަށެވެ. އަދި ފުލުހުންނަކަށް ވެސް ލުތުފީ އެމްބަސީގައި ފިލުވާފަ ނުބެހެއްޓޭނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި އަދި ރައްޔިތުން މަޖިލީހުގެ އިންތިހާބުންވެސް ބޮޑު ބައްޔަކުން ބަލިވެފައިވާ ޕީޕީއެމްގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު ފުރަތަމަ ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މިއަދު ލުތުފީއަކީ ހާއިނެއް ކަމަށް ގަބޫލު ކުރާއިރު ވޭތުވެދިޔަ ދެމަސް ދުވަހު އޭނާ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅެ، ވީއައިޕީ ފެންވަރުގެ ހިދުމަތް ދިން ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރާއި ރައްޔިތުން މަޖިލިސް އެކުވެގެން ޝަރުއީ ނިޒާމުގެ ބާރުތައް ކަނޑުވާލައިފައިވާ ކަމަށެވެ. ޔާމީން ވިދާޅުވީ ގާނޫނުތަކުން ބާރުތައް ހޯދައިގެން ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ މައްޗަށް އަރައިގަނެ އެ ބާރުގެ ބާރުތަކުގެ މައްޗަށް ސަރުކާރާއި މަޖިލީހުން ވެރިވެ ގަނެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ބަދަލުގައި އެއްބާރުން އަނެއް ބާރަށް އަރައިގަންނަ މަންޒަރު ކަމަށެވެ. ޔާމީން ވިދާޅުވީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުމަކީ ނިޒާމުތަކަށް ބޭނުންހާ ގޮތެއް ހެދުން ނޫން ކަމަށެވެ. އެގޮތުން ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާޏޫނެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެއީ ގާނޫނެއް މެދުވެރިކޮށްގެން ޝަރުއީ ނިޒާމުގެ ބާރު "ފޭރިގަތުން" ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާލު

ކޮލެޖު ބޯއި

ޔާމީން އެ ބުނަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ގާނޫނު ހަދައިގެން ބާރު ފޭރިގެން ކުރާ ތަހުގީގުގެ މައްޗަށް ޝަރީއަތް ކޮށްގެން ޖަލަށް ލިޔަސް ސަލާމަތް ވާނޭ

މާމަ

ލަދު ހަޔާތުގެ ކުނޑިފަށެއްވެސް ހަމަ ނެތީއޭދޯ