Ambulance gathumah minister aa gulhun oiy kunfunyakaaa havaaleh nukurey
image
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ/ ޓްވިޓާ
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އެމްބިއުލާންސް ގަތުމަށް ހެލްތު މިނިސްޓަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކާ ހަވާލުކުރި ވާހަކަ ދޮގުކުރައްވައިފި

ރާއްޖޭގެ ހޮސްޕިޓަލުތަކަށް ބޭނުންވާ އެމްބިއުލާންސް ގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ދޮގުކުރައްވައިފި އެވެ.
އިތުބާރު ހުރި ފަރާތަކާ ހަވާލާދީ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހޮސްޕިޓަލުތަކަށް އެމްބިއުލާންސް ގަތުމަށް ހަވާލުކޮށްފައި ވަނީ އަމީންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ރިޕޯޓުކޮށްފަ އެވެ. އެކަމަކު އެ ކުންފުނީގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ސީއެންއެމް އިން ހެލްތު މިނިސްޓަރާ ސުވާލު ކުރެއްވުމުން ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. "އެއީ ތެދު ވާހަކައެއް ނޫން،" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ 11 އެމްބިއުލާންސެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެކަމަށް އެދި ހުށަހަޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ބީލަން ހުޅުވުން އޮތީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ރާއްޖޭގެ 187 ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ޖުމްލަ 280 އެމްބިއުލާންސް ރާއްޖޭގައި އޮތް ނަމަވެސް އޭގެ ތެރެއިން މިހާރު ބޭނުން ކުރެވެނީ 221 އެމްބިއުލާންސެވެ.

އޭގެ ތެރެއިން ނުވަ ރަށެއްގެ އެމްބިއުލާންސް ހަލާކުވެ އެތަކެތި މަރާމާތު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ހިޔާލު

ޢިބޫ

ވަށްކަން ކޮއްފަ އެކަކުވެސް ނުބުނާނެ މަށޭކުރީ