Dhunfathuge gaanonah hilaafuvi 28 thaneh joorimanaa koffi
image
ދުންފަތުގެ ގާނޫނަށް އަމަލުކުރޭތޯ ބަލަން އެޗްޕީއޭ އިން ފިހާރަތައް ބަލަނީ-- ފޮޓޯ: އެޗްޕީއޭ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދުންފަތުގެ ގާނޫނާ ހިލާފުވި 28 ތަނެއް ޖޫރިމަނާކޮށްފި

ދުންފަތުގެ ގާނޫނާއި ގަވާއިދުތަކާ އެއް ގޮތަށް އަމަލު ކުރަނީ އެންމެ 37 އިންސައްތަ ތަން ކަމަށާއި، ގަވައިދާ ހިލާފުވި 28 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކޮށްފައިވާއިރު އޭގެ ތެރެއިން 28 ތަނެއް ވަނީ ޖޫރިމަނާ ކޮށްފައި ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި 11 ފިހާރަ އާއި 17 ކެފޭ ނުވަތަ ރެސްޓޯރެންޓު ހިމެނޭ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ބަލާ ފާސްކުރި ތަންތަނުގެ ތެރެއިން ގާނޫނާ އެއް ގޮތަށް އަމަލު ކުރަނީ އެންމެ 37 އިންސަންތަ ތަން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.


މާލެ އެޗްޕީއޭ
ހިޔާލު