Fonadhoo aai gamuge Housing Unit thah Minister Athifa bahlavaalahvaifi
image
ހައުސިން މިނިސްޓަރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ފޮނަދޫ އަދި ގަމުގެ ހައުސިން ޔުނިޓްތައް މިނިސްޓަރު އާތިފާ ބައްލަވާލައްވައިފި

ލ. ފޮނަދޫ އާއި ގަމުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ބައްލަވާލައްވައިފި އެވެ.
ލ. އަތޮޅަށް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ފޮނަދޫ އާއި ގަމުގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޒިޔާރާތް ކުރެއްވިއިރު އެތަނުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މިނިސްޓަރު ވަނީ ތަނުގެ ހާލަތާއި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފަ އެވެ.

އޭގެ އިތުރުން ހައުސިން ޔުނިޓުތަކާ އިންވެގެން ހުރި މަގުތަކުގެ ހާލަތު ވެސް ބައްލަވާލެއްވި އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު އާތިފާ ވަނީ އެ އަތޮޅަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު އާތިފާއާއެކު އެ ދަތުރުފުޅުގައި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު

ޖުހާ

ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ތިޔަ ކަންތައްތައް ހައްލުވާނެ. ރައްޔިތުން ގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހޭނެ. މިސަރުކާރަކީ އެޖެންޑާ 19