BREAKING: Lift ge cable kandaigen gos meehakaa eku vettijje
image
ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކެއް-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސް މީހަކާއެކު ވެއްޓިއްޖެ

ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސް ބިދޭސީ ފިރިހެނަކާއެކު ލިފްޓު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ސެންޓުރަލް ޕާކު ދެކުނު ފަރާތުގައި ޖާހް އިންވެސްޓުމެންޓް އިން ހަދަމުންދާ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ލިފްޓު ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި އޭގެ ކޭބަލް ކަނޑައިގެން ގޮސް މީހަކު ވެއްޓިފައިވާ ކަމަށެވެ.

އެގޮތުން އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެމީހާއަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު 09:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލުން ބުނީ 23 އަހަރުގެ އެ ބިދޭސީ މީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހިޔާލު