5 aharuge kujjakah teacher aniyaa kuri massala eh balanee
image
ސްކޫލު ކުއްޖެއް-- ފޮޓޯ: އަހުމަދު ޝުރާއު
0 ކޮމެންޓް
 

ފަސް އަހަރުގެ ކުއްޖަކަށް ޓީޗަރު އަނިޔާކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ސީއެންއެމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުތުރުގެ ރަށެއްގައި ޓީޗަރަކު ކުއްޖަކަށް އަނިޔާ ކުރި ހާދިސާއެއް ހިނގީ މިމަހުގެ ދެވަނަ ދުވަހު އެވެ.

އެ ކުއްޖާގެ ބައްޕަ ކިޔައިދިން ގޮތުގައި އުމުރުން ފަސް އަހަރުގެ ކުއްޖާ ސަކަރާތް ޖެހީ ކަމަށް ބުނެ އަތުގައި ހިފާ ކުލާހުން ނެރެ 15 ވަރަކަށް މިނެޓު ހެނދުނުގެ އަވީގައި ބެހެއްޓި އެވެ.

ސްކޫލު ސާފު ކުރާ މީހާ އަށް ވެސް އެލްކޭޖީގައި ކިޔަވަމުންދާ ކުއްޖާ ގަދަ ހޫނުގައި ބަހައްޓާފައި ހުރި މަންޒަރު ފެނުނު ކަމަށްވެ އެވެ.

އެ ކުއްޖާގެ ބައްޕަ ވަނީ އެ މައްސަލަ ސްކޫލާއި، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ. މީގެ ކުރިން ވެސް އެ ޓީޗަރުގެ ކިބައިން އެފަދަ މައްސަލަތަކެއް ފާހަގަވި ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އެ މައްސަލަ ތަހުގީގު ކުރަމުންދާކަން ސީއެންއެމް އަށް ކަށަވަރުކޮށްދީފަ އެވެ.
ހިޔާލު