Priyanka aai Nick pasta hadhan dhas kohfi
image
ޕްރިޔަންކާ އާއި ނިކް--
0 ކޮމެންޓް
 

ޕްރިޔަންކާ އާއި ނިކް ޕާސްތާ ހަދަން ދަސްކޮށްފި

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ފިރިމީހާ، ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް، މިވަގުތު އަންނަނީ އިޓަލީގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. އެ ދަތުރުގެ ތެރެއިން ޕްރިޔަންކާ އާއި ނިކް ވަނީ ކައްކާ ކްލާހަކަށް ގޮސް ޕާސްތާ ހަދަން ދަސްކޮށްފަ އެެވެ.
އެ ކުލާހުގެ ތެރޭގައި ޕާސްތާ ހަދަން ދެ މީހުން ދަސްކުރާ ވީޑިއޯތައް ވެސް ނިކް ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. އެގޮތުން ޕްރިޔަންކާ ވަނީ އޭނާއަށް އެހީތެރިވުމަށް ކައިރީގައި ޝެފަކު ވެސް ހުރިކަން ފާހަގަކޮށްފަ އެވެ.
View this post on Instagram

Date night cooking extravaganza.

A post shared by Nick Jonas (@nickjonas) on


މީގެ ކުރިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އޭނާއަށް ކައްކަން ނޭނގޭ ކަމަށް ބުނެފަ އެވެ. އެކަމަކު އަމިއްލައަށް ބިސްގަނޑު އަޅަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ ފިރިމީހާގެ ކައިރިއަށް ގޮސްފައި ވަނީ ގިނަ އަހަރުތަކަކަށް ފަހު އޭނާ ބޮލީވުޑަށް އެނބުރި އަންނަ ފިލްމު، "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންތައް ނިންމާލުމަށް ފަހެވެ.

އެ ދެ ތަރިން އިޓަލީގައި ޗުއްޓީ ހޭދަ ކުރަމުން އަންނައިރު ނިކްގެ އާއިލާގެ ބައެއް މެމްބަރުން ވެސް އެގައުމުގައި ތިބުމާއެކު އެމީހުން އަންނަނީ އާއިލާއާއެކު ވެސް ވަގުތު ހޭދަ ކުރަމުންނެވެ.
ހިޔާލު