Noomadi ehbasvun uvaalee usoolun beyrun kamah Muizzu iuthiraafvey, gehlun ethah million dollarakah araa: Mariya
image
ޑރ. މުއިއްޒު: ނޫމަޑި އެއްބަސްވުން އުވާލީ އުސޫލުން ބޭރުން ކަމަށް އިއުތިރާފްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި.
4 ކޮމެންޓް
 

ނޫމަޑި އެއްބަސްވުން އުވާލީ އުސޫލުން ބޭރުން ކަމަށް މުއިއްޒު އިއުތިރާފްވޭ، ގެއްލުން އެތައް މިލިޔަން ޑޮލަރަކަށް އަރާ: މާރިޔާ

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާ އެކު ހަދާފައި އޮތް އެއްބަސްވުމެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ، އެ އެއްބަސްވުމުގައި ބުނެފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުތިރާފްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ މިހާރު ހަދާފައިވާ އެގްރީމަންޓްތައް "އެފުށްމިފުށަށް" ޖަހާނެކަމަށް ވިދާޅުވުމާ ގުޅިގެން މާރިޔާ ޓްވިޓާގައި ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ކަން ކުރެއްވީ އެ އުސޫލަށް ކަމަށެވެ. އަދި އެއްބަސްވުންތައް "އެފުށްމިފުށަށް" ޖެހުމުގެ ނަތީޖާ އަކީ ނޫމަޑި އަށް އެތައް މިލިޔަން ޑޮލަރެއް ދައްކަން ޖެހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އެގްރީމަންޓްތައް އެފުށްމިފުށަށް ޖެހުމުގެ ނަތީޖާ އަކީ "[ނޫމަޑި އާ އެއްކޮށް] އެގްރީމަންޓް ކޮށް، އެގްރީމަންޓާ ހިލާފަށް އެ އެގްރީމަންޓް ރައީސް ޔާމީނުގެ އެއްގުމަށް ސަރުކާރުގަ ތިބެ އުވާލި ކަމަށް ކުރީގެ [ހައުސިން] މިނިސްޓަރު މުއިއްޒު އިއުތިރާފް ވުން، މިހެންވެ ރައްޔިތުންގެ ފައިސާ އިން ނޫމަޑި އަށް އެތައް މިލިޔަން ޑޮލަރެއް ދައްކަން ޖެހުން،" ކަމަށް މާރިޔާ ވިދާޅުވި އެވެ.



އަލުން ކިޔާލުމަށް: ނޫމަޑީގެ އެއްބަސްވުން ބާތިލް ކުރަން ދޮގު ހެދިކަމަށް މުއިއްޒު އެއްބަސްވެއްޖެ، ބަދަލަށް 2.3 ބިލިޔަން ދޭންޖެހިދާނެ!

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާ އެކު ހަދާފައި އޮތް އެއްބަސްވުމެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބާތިލް ކުރީ ދޮގު ހަދައިގެން ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 2.3 ބިލިޔަން ރުފިޔާ ދޭން ޖެހުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޑރ. މުއިއްޒު އެކަމަށް އެއްބަސްވީ އެ ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ދިން ބަޔާނެއްގަ އެވެ. އެގޮތުން 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށް ޑރ. މުއިއްޒުގެ ބަޔާނުގައި ބުނެ އެވެ.

"މިނިސްޓަރު ކަމުގައި ހުރި އިރު އެ އެއްބަސްވުން ބާތިލް ކުރަން ނިންމި ނިންމުން ދިފާއި ކުރި ނަމަވެސް މިހާރު މިއޮތީ ދިމާ އިދިކޮޅަށް. މިހާރު މުއިއްޒު މި ބުނަނީ އަމިއްލަ ސަރުކާރުން، އަމިއްލަ އަށް ބެލެހެއްޓި ވުޒާރާ އިން އެކަން ކުރީ ގޯސްކޮށް ކަމަށް. އެއްބަސްވުން ބާތިލް ކުރި އެ ކުންފުނިން އެއްވެސް ކަމެއް އެއްބަސްވުމާ ހިލާފަށް ކޮށްފައި ނުވަނިކޮށް ދޮގު ހަދައި، އޮޅުވާލައިގެން ކަމަށް،" އެ ކަމުގެ މައުލުމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވަޒީރު ކަމުގައި ނޫމަޑީގެ އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުނިން ސިންގަޕޫރު އާބިޓްރޭޝަނަށް އެ މައްސަލަ ވެއްދީ 2017 ވަނަ އަހަރު އެވެ. އޭރު އެ ކުންފުންޏާ ދެކޮޅަށް ހުންނެވި ޑރ. މުއިއްޒުގެ ރާގު ބަދަލުވެ، އެ ކުންފުންޏާ އެއްކޮޅަށް ހެކިބަސް ދިނީ އެ ކުންފުނީގެ އިސް ވަޒީފާއެއްގެ އިތުރުން އެހެނިހެން ބައެއް މަންފާތައް ދިނުމަށް އެއްބަސްވުމުން ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި، ބާތިލް ކުރީ އެ ކުންފުންޏާ އެކު ރަށްރަށުގައި 1،100 ހައުސިން ޔުނިޓް އެޅުމަށް އެކުލަވާލި އެއްބަސްވުމެކެވެ. ނޫމަޑިއާ އެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް އޮތީ 500 ހައުސިން ޔުނިޓްގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އަދި އެ މަސައްކަތުގެ ބަދަލެއްގެ ގޮތުން ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ދީފައި އޮތް ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން އެ ރަށް ވެސް އޮތީ އަތުލާފަ އެވެ.
ހިޔާލު

އިބުރާހީމު

މުއިއްޒު ދެން އުބައްޖަހަގަ

މިވެސް އިސްލާމުން

ދައުލަތުން ދައްކަންޖެހޭ އެއްޗެއް ދައްކަންވާނީ މުއިއްޒުގެ މުދާ ވިއްކާފަ!

ޙަލީމު

ސަރުކާރު ގެއްލޭ ދުވަހަކަށް މުއިއްޒު ކުރި އިންވެސްޓްމެންޓް. މަކަރާއި ހީލަތުން މުސްތަގުބަލަށްޓަކައި ހިންގި ބޮޑު ޖަރީމާއެއް. ދައުވާކޮށް އިންސާފުވެރި ޝަރީއަތެއް ހިންގައިގެން މުއިއްޒު ޖަވާބުދާރީ ކުރުވައި ޒިންމާ ކުރުވަންޖެހޭނެ. ނޫމަޑި އަށް ދޭންޖެހޭ ފައިސާ މުއިއްޒުގެ ގެދޮރާއި ބިންތައް ވިއްކައިގެންވިޔަސް ނަގަންޖެހޭ. މިހާރު ސަރުކާރު ހިންގަންތިބި މީހުނަށް އިބުރަތަކަށްވެސް މުހިންމު.

މަންތާ ރޭ

ނޫމަޑި އާއި މަންތާ ރޭގެ ވާހަކައެއްނޫނޭ ..... ޢިންޑިއާއާއި އެއްކޮށްވީ ލޯބީގެ އަހުދުތަކުގެވާހަކަޔޭ ޔާމީނުބްރޯ އެބުނީ....