Fuluhun aniyaa kuri massalla Committee in balanee
image
ފުލުހުންތަކެއް -- ފޮޓޯ / މިހާރު
0 ކޮމެންޓް
 

ފުލުހުން އަނިޔާކުރި މައްސަލަ ޖެންޑާ ކޮމެޓީން ބަލަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލަ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ބަލަން ނިންމައިފިއެވެ.
ރޭ ޑްރަގް އެންފޯސްމަންޓް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކުލަ ހެދުމުގައި ތިބި ހަތަރު ފުލުހުން މީހަކަށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

މަޖިލިސް އިދާރާއިން ބުނީ މާދަމާ އޮތީ ކޮމިޓީގެ މެމްބަރުންގެ މެދުގައި އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެ ބައްދަލުވުން ތާވަލް ކޮށްފައިވަނީ މާދަމާ ހަވީރު 5:00 އަށެވެ. އިތުރު ތަފްސީލެއް މަޖިލިސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އެމައްސަލައިގައި ހިމެނޭ ފުލުހުން ވަގުތުން ސަސްޕެންޑް ކުރަން ނިންމައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ރޭ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ޕޮލިސް
ހިޔާލު