Hamanujehun Hingi Operation gai Hayyarukuri 2 Meehunge bandhah 10 Dhuvas
image
ރޭގެ އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި.
4 ކޮމެންޓް
 

ހަމަނުޖެހުން ހިނގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް

ފުލުހުން ރޭ މާލޭގެ ގެއަކަށް ވަދެ ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މާފަންނު އިހުސާން ފިހާރަ ކައިރީގައި ހުންނަ ގެއަކަށް ވަދެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ދެ ކިލޯ އަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ކަން "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެ، އެ ކަމުގައި އުޅުނު އޮފިސަރުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރީ ދިވެއްސެއްގެ އިތުރުން ބިދޭސީ އެކެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ހަމަނުޖެހުން ހިނގީ، ފުލުހެއްގެ މޫނުމަތީގައި އެތަނުން އެކަކު، ދަގަނޑު ގަނޑަކުން ޖަހައި ޒަހަމްކޮށްލުމުންނެވެ.

ނަމަވެސް އެއާ އެކު ފުލުހުން އޭނާ އަށް އަނިޔާ ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެ ވީޑިއޯ ރެކޯޑް ކުރި ކަމަށް ތުހުމަތު ކޮށް ފުލުހުންގެ ބަޔަކު އެމްޑީޕީ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ ގެއަށް ވަދެ، ބިރުދައްކައި ވީޑިއޯ ޑިލީޓްކުރަން އެންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން ހަމަނުޖެހުން ހިނގުމުން އެ އޮފިސަރުން ވަގުތުން ސަސްޕެންޑް ކޮށް، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަ އިރު، އެ އޮޕަރޭޝަން ހިންގި ޑްރަގް އެންފޯސްމަންތް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.
ހިޔާލު

ދަގަނޑު ގަނޑު

ދަގަނޑު ގަނޑަކުން ފުލުސް މީހާ ގައިގަ ޖެހީމަ ވީ އަނިޔާ އެށް ފެންނަން ނެތީ ކީއްވެ ބާ؟ ހާދަ ވަކަ ދަގަނޑު ބުރި އެކޭ ދޯ

ގުޑް ޖޮބް ޕޮލިސް

ސުވާލަކީ ތިޔަ ތަކެތި ފެނުނު ވާހަކަ ކުރިން ޕަބްލިކް އަށް ނާންގާ ސިއްރުކުރީ ކީންވެހޭ. ސީންއަށް ދިޔަ ފުލުހުންގެ މައްސަލަ ނުބެލިގެން އުޅެނީ އަދިވެސް. ތީހަމަ ހުރެފަ ފެންނާނެ އެއްޗެއްސެއް ނޫން ދޯ ! ތިވަރު ކޮންގެން ވެސް އެއްޗެހި ހޯދާފިތާ! ސާބަސް ޕޮލިސް ޓީމް. އަދި މައްސަލައިގައި ޝާމިލްވި ދެމީހުންނަށް ހުކުމް ވެސް ކުރަންވީ

ދިވެހި މީހާ

ފުލުހުން ކުރިއަސް، އާންމުންގެ މީހާ ކުރިއަސް، އަނިޔާ ކޮށްގެން ނުވާނެ، އަނިޔާކުރި މީހުންނަށް ފިޔަވަޅު އަޅަންޖެހޭ، ތިޔަ މަސްތުވާ ތަކެތި އެތެރެކޮށް ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާޙުކޮށް ތަންފީޒު ކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. ތިޔަ މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ އަސްލު...

ޙުލްގު

ޖަހައިފިއްޔާ ޖެހުން މޮޅު އިތުރުވެގެންވޭ.ސަބާސް ފުލުހުން.މިގައުމުން މަސްތުވާތަކެތި ފުހެލެވޭން ހުރިގޮތަކަށް ފޮހެލާދީ.