Adeeb Raajjeah anburaa gennaane kamah vee vaudhu fuhdhihje: Minister Imran
image
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާއަށް ފަހު ރާއްޖެ ވަޑައިގެންނެވުން--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އަދީބް އަނބުރާ ގެންނާނެ ކަމަށްވީ ވައުދު ފުއްދިއްޖެ: މިނިސްޓަރު އިމްރާން

ގާނޫނުތަކުގެ މަހްފޫމާއި އިންސާނިއްޔަތު ކަމަށް ރިޔާއަތްކޮށް، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނެސް ތަންފީޒުކުރަން ޖެހޭ ހުކުމްތައް ތަންފީޒުކުރާނެ ކަމަށް ރައްޔިތުންނަށްވެ ވަޑައިގެންނެވި ވައުދު ފުއްދިއްޖެ ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވެއްޖެ އެވެ.
އެގޮތަށް ވިދާޅުވެފައި އެވަނީ ރާއްޖެއިން ބޭރުން އަދީބު ހޯދަން ޖެހޭ ފަރުވާ ހޯދުމުގެ ހުއްދަ މިނިސްޓަރު ދެއްވުމާއެކު އޭނާ ފިއްލަވާފާނެ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ފިއްލެވުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް މިނިސްޓަރު އިމްރާން ދެއްވާފައި ވާތީ އެވެ.

ރޭ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމަވާލެއްވުމަށް ފުލުހުންނާއި ކަރެކްޝަންސް ސާވިސްގެ އިތުރުން ހޯމް މިނިސްޓްރީގެ ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ޝުކުރު ދަންނަވާފަ އެވެ.


އަދީބު ބޭސް ފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 14 ގައެވެ. އޭނާއާއެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ޓީމެއް ވެސް އިންޑިއާއަށް ދިޔައިރު މިދިޔަ މަހުގެ 26 ގައި އޭނާއަށް ބޭސް ފަރުވާ ހޯދަން ދިން މުއްދަތު ހަމަވި ނަމަވެސް ފަހުން ކަރެކްޝަނުން ވަނީ އިއްޔެގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އަދީބަށް ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޯމާ ޖެހިފައިވާކަން އެނގުނު ނަމަވެސް އޭރު އޭނާ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައި ކަމުން ބޭސް ފަރުވާ އަށް ދިޔުމުގެ ފުރުސަތު ކަރެކްޝަންސުން ދީފައެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލައްވަން އުޅުއްވުމުގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 33 އަށް އަދީބް ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިހާރު އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.
ހިޔާލު

އިހުސާނާ

އަނދީބުގެ ގުލުކޯމާ އަށް އެކަށީގެންވާ ފަރުވާ އެއް ލިބިއްޖެ ކަމަށް އުއްމީދު ކުރަން!