Raajje ishthihaaru kuran dhabas farumaa kurumuge muhdhathu ithuru koffi
image
ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ ދަބަސްތަކެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ރާއްޖެ އިޝްތިހާރު ކުރާނެ ދަބަހެއް ފަރުމާކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ތައްުޔާރު ކުރާ ދަބަސް ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެ މުބާރާތުގައި ބައިވެރިވުމަށް ކުރިން ހުޅުވާލާފައި އޮތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެ މުބާރާތަކީ އެއް ވަނަ އަަށް ދާ ފަރާތަކަށް 25000 ރުފިޔާގެ އިނާމެއް ހުށަހަޅާ މުބާރާތެކެވެ.

އެމްއެމްޕީއާރުސީން ބުނީ، ރާއްޖޭން ބޭރުގައި ބާއްވާ ތަފާތު އެކި ފެއާތަކާއި މައުރަޒުތަކުގައި ބޭނުން ކުރާ އެ ދަބަސްތަކަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުން ކުރާ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން އެ ދަބަސްތަކަށް ބޮޑު ސަމާލުކަމެއް ލިބޭ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތަތްކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
ހިޔާލު