California ah jehi jehigen varugadha dhe binhelun
image
ބިންހެލުމުގެ ސަބަބުން ގެއެއްގައި އަލިފާން ރޯވެފައި-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ކެލިފޯނިއާ އަށް ޖެހިޖެހިގެން ވަރުގަދަ ދެ ބިންހެލުން!

ކެލިފޯނިއާގެ ދެކުނު ސަރަހައްދަށް ޖެހިޖެހިގެން ވަރުގަދަ ދެ ބިންހެލުން އަތުވެއްޖެ އެވެ.
ހުކުރު ދުވަހު ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ރިޖްކްރެސްޓް ހިމެނޭ ސަރަހައްދަށް ވަނީ 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައިސްފައިވާ އެންމެ ވަރުގަދަ ބިންހެލުމެވެ.

ކެލިފޯނިއާ ގަޑިން ރޭގަނޑު 08:19 ގައި އައި އެ ބިިންހެލުމުގެ ސަބަބުން އެ ސިޓީގެ އެކި ސަރަހައްދުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

އެގޮތުން ބިންހެލުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. އަދި ގިނަ އަދަދެއްގެ ގެ ތަކުން ގޭސް ލީކް ވެފައިވާއިރު ގެތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސިޓީގެ ގިނަ ސަރަހައްދުތަކަކުން ވަނީ ކަރަންޓު ވެސް ކެނޑިފަ އެވެ. އޭގެ އިތުރުން ފިހާރަތަކުގެ މުދަލަށް ގެއްލުންވެ، ބައެއް މަގުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

ބިހެންލުން އައިސްފައި ވަނީ ބުރާސްފަތި ދުވަހު ހަމަ އެ ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވަނިކޮށެވެ.

ސެއިސްމޮލޮޖިސްޓް ޑރ. ލުސީ ޖޯންސް ބުނެފައި ވަނީ މިއީ ސިލްސިލާ ބިންހެލުންތަކެއް ކަމަށާއި، އަދިވެސް ބިންހެލުތައް ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ ބިންހެލުމަކާއެކު ވެސް އެހެން ބިންހެލުމެއް އައުމުގެ ފުރުސަތު ބޮޑު ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ހަމަ އެވަރުގެ ނުވަތަ އެއަށްވުރެ ވަރުގަދަ ބިންހެލުމެއް އައުމުގެ 10 އިންސައްތައިގެ ފުރުސަތެއް އެބަ އޮތް ކަމަށް އޭނާ ބުނެފައި ވެއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ބިންހެލުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

އާބާދީގައި ގާތްގަނޑަކަށް 27،000 މީހުން އުޅޭ ރެޖްކްރެސްޓް ސިޓީ އަށް އައި ބިންހެލުމުގައި މީހަކަށް ނުވަތަ އިމާރާތަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ މީހުން ދިރިއުޅޭ ގެތަކާއި ބޮޑެތި އިމާރާތްތައް އިންސްޕެކްޓް ކުރަމުންނެވެ.
ބިންހެލުން އެމެރިކާ
ހިޔާލު