Furaavarugai technology ge vaseelaithah beynun kuraa minvaru madhukurun
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފުރާވަރުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރުން

ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ހުރިހާ އުމުރެއްގެ މީހުންގެ ތެރޭގައި ވެސް އެންމެ މަޤުބޫލު އެކައްޗެވެ. މިހާރަކަށް އައިސް ކުއްޖާ އެންމެ ތުއްތު އިރުން ފެށިގެން ވެސް މި ވަސީލަތްތަކާ އަހުލުވެރި އެބަ ކުރުވަ އެވެ. އެންމެ އެދެވޭ ގޮތުގައި މީގެ ބޭނުން ހިފައިފިނަމަ މިއީ މީހުންނާ ގުޅުން ބަދަހިވުމާއި ބޭނުންވާ މައުލޫމާތުތައް ހޯދުން ފަދަ ކަންތައްތަށް ފަސޭހަވެގެންދާ ކަމެކެވެ. ނަމަވެސް ހާއްސަކޮށް ކުއްޖާ ފުރާވަރަށް އަރާ އުމުރުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކާ މާ ބޮޑަށް އަހުލުވެރިވުމަކީ ފިކުރު ބޮޑުވުމާއި އެކަނިވެރިކަން އިހުސާސްވުން ފަދަ ކަންތައްތަކަށް މަގުފަހިކުރުވާ ކަމެކެވެ.
ފުރާވަރަށް އަރާ އުމުރުގައި އެކަނިވެރިކަން އިހުސާސްވުމުގެ ''ރިސްކް''

2018 ވަނަ އަހަރު ކުރި ދިރާސާއެއްގައި ދައްކާ ގޮތުން ބޮޑު މީހުންނަށް ވުރެ ކުޑަކުދިން މިކަންތަކަށް މަގުފަހިވުން ބޮޑެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަވާގައި ޖެހިއްޖެނަމަ މީހުންނާ ބައްދަލު ކުރުމާއި ވާހަކަދެއްކުން މަދުވެ އިންޓަނެޓުގެ ދުނިޔެއަށް އެނބުރިގެން އެބަ ދެއެވެ. މީހުންނާ ދޭތެރޭ އޮންނަ ގުޅުން ކުޑަވެއްޖެ ކަމުގައިވާ ނަމަ ފިކުރު ބޮޑުވުމާއި ކަންބޮޑުވުމާއި އެކަނިވެރިކަން އިހުސާސް ވުން ފަދަ ކަންތައްތަކާއި ކުރިމަތިލާނެ އެވެ. މިފަދަ ކަންތައްތަކާ ދުރުކުރުވާން މައިންބަފައިން ކުދިންނަށް އެންމެ އެދެވޭ ގޮތެއްގައި މި ވަސީލަތްތަކަށް އަހުލުވެރި ކުރުވަން އެބަޖެހެ އެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް

• ފޯނު ނުވަތަ ޓެބްލެޓް ބޭނުން ނުކުރާނެ ވަގުތުތައް ކަނޑައެޅުން
• ޓެކްނޮލޮޖީއާ ދުރުވުމަށް ގެއިން ބޭރުގައި ހަރަކާތްތައް ހިންގުން
• ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ނުކުރާނެ ދުވަހެއް ކަނޑައެޅުން
• ކުއްޖާގެ ކޮޓަރީގައި މިފަދަ ވަސީލަތްތައް ނުބެލެހެއްޓުން
ހިޔާލު