Accident thakaa gulhigen 15 meehehge license hifahattaifi
image
ޓްރެފިކް ފުލުހުން-- ފޮޓޯ: ވީނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެކްސިޑެންޓުތަކާ ގުޅިގެން 15 މީހެއްގެ ލައިސަންސް ހިފަހައްޓައިފި

ފާއިތުވެދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންތަކާ ގުޅިގެން 15 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖުމަންޓު ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މާލޭގައި 52 އެކްސިޑެންޓު ހިނގައިގެން ރިޕޯޓު ކުރިއިރު، އެ އެކްސިޑެންޓުތަކުގައި ހަތަރު މީހަކަށް އަނިޔާވި އެވެ.

އަދި އެކްސިޑެންޓުތަކާ ގުޅިގެން 15 މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓާފަ އެވެ. ފާއިތުވި ހަފްތާގައި 323 އުޅަނދެއް ފާސްކޮށސްފައި ވެއެވެ.

އެގޮތުން ކަނޑައެޅިފައިވާ މިންވަރަށް ވުރެ މާ ބާރަށް ދުއްވައިގެން 43 އުޅަނދެއް ފާހަގަކޮށް، ލައިސަންސާ ނުލައި ދުއްވި 140 މައްސަލައެއް ބަލާފައި ވެއެވެ.

ފޯނުން ވާހަކަދައްކަމުން ނުވަތަ ހެޑްސެޓް ޖަހައިގެން ދުއްވި 60 މައްސަލައެއް ބަލާފައިވާއިރު ހެލްމެޓް ނާޅައި ދުއްވި ނުވަ މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ.

ޓްރެފިކް ގަވާއިދާ ހިލާފުވެގެން 865 އުޅަނދުގައި ޕާކިން ސްޓިކާ ޖަހައިފައިވާއިރު މި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ޖޫރިމަނާގެ ގޮތުގައި 216،250 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.
ހިޔާލު