Midhiya mahu 99 meehaku influenzaa ah positive vefaivey
image
އައިޖީއެމްއެޗް-- ފޮޓޯ: ޓުުޑޭ.އެމްވީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މިދިޔަ މަހު 99 މީހަކު އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައިވޭ

ފާއިތުވެދިޔަ މަހު 99 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު 216 މީހަކު އިންފްލުއެންޒާ އަށް ޓެސްޓްކޮށް އޭގެ ތެރެއިން 99 މީހުން މީހުން އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައިވާއިރު މެއި މަހު 60 މީހުން ޓެސްޓުކޮށް ހަ މީހުން ވަނީ އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް ޝައްކުކުރެވިގެން ޖުމްލަ 675 މީހުން ޓެސްޓްކޮށްފައިވާއިރު 144 މީހުންވަނީ ޕޮޒިޓިވް ވެފައެވެ. އިންފްލުއެންޒާ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރިގެންދާތީ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ވައިރަހުން ޖެހޭ ބަލިތައް މަދުކުރުމަށް މީހުން ގިނައިން އުޅޭ ތަންތަނަށް ނުދިއުމަށާއ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލާ ބޭރަށް ނުކުންނައިރު އަތްދިގު އެއްޗެހި ލުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކުވެސް ބަލިތައް ފެތުރެމުންދާ މިންވަރަށް ބަދަލުތަކެއް އައިސްފައިވާކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭ
ހިޔާލު