Thuhumathah Dr. Muizzu ge rahdhakee hanu hunnevun
image
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ނޫމަޑި އެއްބަސްވުން ބާތިލް ކުރި މައްސަލާގައި މުއިއްޒު ޖަވާބުދާރީއެއް ނުވޭ

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އާއެކު ސަރުކާރުން ހަދާފައި އޮތް އެއްބަސްވުމެއް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލް ކުރީ އެއްބަސްވުމުގައި ބުނެފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވި ކަމަށް ކުރެވޭ ތުހުމަތަށް ޖަވާބުދާރީއެއް ނުވި އެވެ.
ދާދި ފަހުން ކުރެވެން ފެށި ތުހުމަތުގެ މައުލޫމާތު ސާފު ކުރުމަށް ސީއެންއެމުން މުއިއްޒަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މެސެޖްތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްބަސްވުން އުވާލުމުން ނޫމަޑި ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ އާބިޓްރޭޝަނަށް ދިން ބަޔާނެއްގައި މުއިއްޒު ވަނީ އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެގެން ނޫން ކަމަށާއި، އެކަން ކުރީ ސީދާ ރައީސް ޔާމީނުގެ އެންގުމަށް ކަމަށް ބުނެފަ އެވެ.

މުއިއްޒުގެ ވަޒީރު ކަމުގައި ނޫމަޑީގެ އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުނިން ސިންގަޕޫރު އާބިޓްރޭޝަނަށް އެ މައްސަލަ ވެއްދީ 2017 ވަނަ އަހަރު އެވެ. އޭރު މުއިއްޒު ހުރީ އެކުންފުންޏާއި ދެކޮޅަށެވެ.

އަދި އިއްޔެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކުރެއްވި ޓްވީޓެއްގައި ވެސް އެއްބަސްވުން ބާތިލް ކުރީ އުސޫލާ ހިލާފަށް ކަމަށް މުއިއްޒު އިއުތިރާފްވެފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ މިހާރު ހަދާފައިވާ އެގްރީމަންޓްތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި އެގްރީމަންޓްތައް އެފުށް މިފުށަށް ޖެހުމުގެ ނަތީޖާ އަކީ ނޫމަޑި އާ އެއްކޮށް އެގްރީމަންޓްކޮށް، އެގްރީމަންޓާ ހިލާފަށް އެ އެގްރީމަންޓް ރައީސް ޔާމީނުގެ އެންގުމަށް ސަރުކާރުގައި ތިބެ އުވާލި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު އިއުތިރާފް ވުން ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެން އެއްވެސް ތުހުމަތަކަށް މުއިއްޒު ޖަވާބުދާރީވެފައެއް ނުވެ އެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި، ބާތިލް ކުރީ އެ ކުންފުންޏާ އެކު ރަށްރަށުގައި 1،100 ހައުސިން ޔުނިޓް އެޅުމަށް އެކުލަވާލި އެއްބަސްވުމެކެވެ. ނޫމަޑި އާއެކު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް އޮތީ 500 ހައުސިން ޔުނިޓްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ މަސައްކަތުގެ ބަދަލެއްގެ ގޮތުން ރިސޯޓް ތަރައްގީ ކުރާނެ ރަށެއް ދީފައި އޮތް ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން އެ ރަށް ވެސް އޮތީ އަތުލާފަ އެވެ.
ހިޔާލު

އއއ

މި ނޫހަކީ އެމްޑީޕީގޭ ޕަޕެޓެއްހެން ހީވަނީ!

އަލީރާޖާ

މިއީ ކަޑައެޅިގެން ދައުލަތައް ބޮޑު ގެއްލުމެއް ދިނުން. މުއިޒްއާ ދެކޮޅަށް ދައުވާ ކުރަންޖެހޭނެ.