CSC ge Naibu Raees magaamun vaki kuran husha halhaifi
image
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު --
2 ކޮމެންޓް
 

ސީއެސްސީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޝަހީދު މަގާމުން ވަކިކުރަން ހުށަހަޅައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނާއިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކި ކުރުމަށް ހުށަހަޅައިފިއެވެ.
ޝަހީދު މަގާމުން ވަކިކުރަން ހުށަހެޅީ މިއަދު އޮތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ޝަހީދު ބައެއް މުވައްޒަފުންގެ ޙައްގަށް އަރައިގެންފައިވާތީ އެކަމާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާތަކާއި ގުޅިގެންނެވެ.

ޝަހީދުގެ އިތުރުން އެ ކޮމިޝަންގެ މެންބަރުންވެސް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. ކޮމިޝަންގެ މެންބަރުން ހާޒިރު ކުރުމަން ނިންމީ އެ ކޮމިޝަނުން ދާދިފަހުން އިއުލާންކުރި ވަޒީފާއަކަށް މީހަކު ނެގުމުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން މާދަމާ ހެނދުނު 11:30ގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

ސީއެސްސީގައި ހިމެނެނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނާއިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާއާ އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުޞައިންއެވެ.
ހިޔާލު

ސޫޝީ

އިންސާފުއެވެ. މަސްއަލަ ބެލުން އެއީ މަސްއަލައެއްނޫނެވެ. އިންސާފަކީއެއީއެވެ. އެމީހަކު ކުސްވެރި ނުވާނަމަ ބަރީއަވީއެވެ. އޭރުން އިތުރަށް މީހަކަށް ފާޑު ކިއުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އިންސާފް

ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކާއި ހުށަހެޅޭ ޝަކުވާތައް ބެލުމެއްނެތި ޖަޒުބާތުގައި ޖެހިގެން މަގުމަތީގައި އުޅޭ ޕާޓީގެ އެކްޓިވިސްޓުން އުޅޭ ގޮތަށް މަޖިލިސް މެމްބަރުން އުޅުނީމަ ކިހިނެއް ވާނެ. ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެގޮތަށް އެ ހުށަހެޅީ އޭނައަކީ މަގުމަތީގައި އުޅުނު ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާތީ. ފުރަތަމަ ޑިއު ޕްރޮސެސް ފޮލޯރ ކޮށްބަލަ. އެކަންތައް ބަލާބަލަ.