Lava kiyuntheriyaa Stevie Wonder kidney badhalu kurumuge operation eh kuranee
image
ސްޓީވީ ވޮންޑާ--
0 ކޮމެންޓް
 

ލަވަކިޔުންތެރިޔާ ސްޓީވީ ވޮންޑާ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރަނީ

މަގްބޫލު ލަބަކިޔުންތެރިޔާ ސްޓީވީ ވޮންޑާ މިއަހަރުގެ ފަހުކޮޅު ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެ އެވެ.
އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލައިގެ ވާހަކަ ފޭނުންނާ ހިއްސާ ކުރީ ބްރިޓިޝް ސަމާ ޓައިމް ހައިޑް ޕާކުގައި އޮތް އިވެންޓަކަށް ފަހު އެވެ.

ސްޓީވީ ވޮންޑާ ބުނީ އޭނާއަށް ކިޑްނީ ހަދިޔާ ކުރާނެ މީހަކު ހަމަޖެހިފައިވާ ކަމަށާއި، އޮޕަރޭޝަން ކުރުމުގެ ކުރިން އަދި ތިން ޝޯ ދޭނެ ކަމަށެވެ.
އޮޕަރޭޝަން އޮތީ ސެޕްޓެމްބަރުގައި ކަމަށް އުމުރުން 69 އަހަރުގެ ސްޓީވީ ވޮންޑާ އިއުލާނު ކުރި އެވެ. ހޮނިހިރު ދުވަހު އޮތް އިވެންޓުގައި ސްޓީވީ ވޮންޑާ އާއެކު ލަވަކިޔުންތެރިޔާ ލަޔަނަލް ރިޗީ ވެސް ބައިވެރިވި އެވެ.

ސްޓީވީ ވޮންޑާ އަދި ލަޔަނަލް ރިޗީ އަކީ ކުރީގެ އަހަރުތަކުގައި ވަރަށް މަގްބޫލު ދެ ފަންނާނުންނެވެ.
ހޮލީވުޑް
ހިޔާލު