Kangana noosveriyakaa zuvaabu koffi
image
އިންޑިއާގެ އެކްޓްރެސް ކަންގަނާ ރަނޯތު--
0 ކޮމެންޓް
 

"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ހަފްލާއެއްގައި ކަންގަނާ ނޫސްވެރިޔަކާ ޒުވާބުކޮށްފި

އިންޑިއާގެ އެކްޓްރެސް ކަންގަނާ ރަނޯތުގެ ކުރިއަށް އޮތް ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ލަވައެއް ރިލީޒް ކުރުމުގެ ހަފްލާގައި އޭނާ އާއި ނޫސްވެރިއަކާ ޒުވާބުކޮށްފި އެވެ.
ފިލްމުގެ ލަވައެއް ލޯންޗު ކުރުމުގެ ހަފްކާގައި ރޭ ކަންގަނާ އާއި ފިލްމުގެ ބަތަލު ރާޖްކުމާރު ރާއޯ ވެސް ބައިވެރިވި އެވެ އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް އެ ހަފްލާގައި ބައިވެރިވި އެވެ.

އެތަނުގައި ކަންގަނާ ޒުވާބު ކުރީ ސްޓޭޖު މަތީގައި ހުރެގެން ފިރިހެން ނޫސްވެރިއަކާ އެވެ. އެކަމެއް ހިނގީ ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމަށް ފަހު އެވެ.

އެގޮތުން ކަންގަނާ ވަނީ އެ ފިރިހެން ނޫސްވެރިޔާ އޭނާގެ މަސައްކަތްތަކުގެ އަގު ދަށް ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ކަންގަނާ ބުނެފައި ވަނީ އޭނާ އެންމެ ފުރަތަމަ ޑައިރެކްޓު ކުރި ފިލްމު "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަށް ބަދު ބަސް ރައްދުވާ ގޮތަށް އެ ނޫސްވެރިޔާ ލިޔަމުން އަންނަ ކަމަށެވެ.

އެ ނޫސްވެރިޔާ އެކަން ދޮގު ކުރުމާއެކު ކަންގަނާ ވަނީ ރައްދުގައި ޒުވާބު ކުރަން ފަށާފަ އެވެ. ކަންގަނާގެ ފުރަތަމަ ޑައިރެކްޝަނުގައި އޭނާ ވަނީ ލީޑު ރޯލު ވެސް ކުޅެފަ އެވެ.

މިއަހަރުގެ ކުރީކޮޅު ނެރުނު އެ ފިލްމަކީ އިނގިރޭސި ވެރިކަމާ ދެކޮޅަށް އިންޑިއާގައި 1857 ވަނަ އަހަރު ކުރިއަށް ގެންދިޔަ ކަންކަމުގައި އިސްކޮށް އުޅުނު ރާނީ ލަކްޝްމިބާއީ ގެ ވާހަކައަށް ހެދި ފިލްމެކެވެ.
ހިޔާލު