BREAKING: Luthfee ulhey than engumun ves eyruge sarukaarun alhaeh nuli!
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ވީނިއުސް
2 ކޮމެންޓް
 

ލުތުފީ އުޅޭތަން އެނގުމުން ވެސް ކުރީގެ ސަރުކާރުން އަޅައެއް ނުލި!

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ފަހަތުގައިވާ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު ތަން ކުރީގެ ސަރުކާރަށް އެނގުނު ނަމަވެސް، އޭނާ ރާއްޖެ ގެނައުމަށް އެ ސަރުކާރުން އަޅާ ނުލި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
މޭ މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ މައްސަލާގައި ހޯމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އިމްރާން ވަނީ މިއަދު ހެނދުނުގެ މަޖިލިސް ތަޅުމުގައު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެގޮތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ލުތުފީ އުޅޭ ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު ދިވެހި ސަރުކާރަށް ލިބުނުއިރު، ފުލުހުން ތިބީ އޭނާ ރާއްޖެ ގެނައުމަށް ތައްޔާރަށް ކަމަށް އިމްރާން ހާމަކުރެއްވި އެވެ.

"އޭރުގައި [ހޯމް] މިނިސްޓަރު ދެން އަނގަ ބަހުން ކޮށްފައި ހުރި މުއާމަލާތުތައް ހުރި އިނގޭތޯ. އެ ޓީމާ އެކުގައި. އެ ބޭފުޅުންގެ އަތުގައި ގެނައުމަށް ތައްޔާރުވެ، އޭނަ ހުރި ތަންތަނާ ބެހޭ ގޮތުން ހޯދިފައި ހުރި މައުލޫމާތުތައް އެއްޗެހި ލިޔެކިޔުންތައް އެބަހުރި. އޭރުގެ ]ހޯމް] މިނިސްޓަރު [އުމަރު ނަސީރު] ވިދާޅުވީ ކަމަށް ވަނީ "ޕްރަޔޯރިޓީ" އެއް ނޫން ކަމަށް ކޮންމެހެން ލުތުފީ މާލެ ގެނައުމަކީ،" އިމްރާން ވިދާޅުވި އެވެ.

އެކަމަކު ލުތުފީ ރާއްޖެ ގެނައުމަކީ މި ސަރުކާރުގެ "ޕްރަޔޯރިޓީ" އެއް ކަމަށް އިމްރާން ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ އެމިނަކުފާނުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނެސް، ޖަލުގައި ބަހައްޓާނެ ކަމަށެވެ.

މަޖިލިހުގައި މިއަދު އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. "ލުތުފީ ހޯދަން އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު" ކަމަށް ވެސް އުމަރު ބުނެފައި ވެއެވެ.
ހިޔާލު

ާއަފީފް

މިސަރުކާރުގެ ބްރިއޯރިޓީ އެއްތޯ ބާގީ ލުތުފީ ފިލުވުމަކީ.........
ޢިމްރާނަށް ކީއްވެބާ އަންނި ސަރުކާރުގަ ލުތުފީ ފިލުވި ވާހަކަބުނަން ނުކެރިގެން އެއުޅެނީ.......

ކިނބޫ

ސްރީލަންކާ އަކީ ކުރީގަ އަންނި ގެ މެއިން ފޯކަލް ޕޮއިންޓް. އަންނި މެންނާއި ތި ފިލާއިގެން އުޅޭ އެންމެންގެ މެއިން ފޯކަލް ޕޮއިންޓް. އެހެންވީމާ ..... ސަރުކާރުން ހިމާޔަތް ދީފަ ހުރި ސޯކޯލްޑް ބަތަލް އަވަހަށް ރާއްޖެއަށް ގެންނަން ވީ ނު. ކީއްވެތޯ އަދިވެސް ނުގެނިވެގެން ތި އުޅެނީ، އަވަސް ކުރޭ. އަވަހަށް ގެނޭ ބާގީ ލުތުފީ