UK fuluhun Kevin Spacey aa suvaalu koffi
image
އެކްޓަރު ކެވިން ސްޕޭސީ--
0 ކޮމެންޓް
 

ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސި ލުހުން ކެވިން ސްޕޭސީ އާ ސުވާލުކޮށްފި

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި މެޓްރޯޕޮލިޓަން ފުލުހުން އެކްޓަރު ކެވިން ސްޕޭސީ އާ ސުވާލުކޮށްފި އެވެ.
ވެރައިޓީ މެގަޒިން އިން ބުނީ ކެވިން ސްޕޭސީއާ ސުވާލު ކުރުމަށް އިނގިރޭސި ފުލުހުން މިދިޔަ މޭ މަހު އެމެރިކާއަށް ދަތުރު ކުރި ކަމަށެވެ.

ކެވިން ސްޕޭސީ ގެ މައްޗަށް ތުހުމަތު ކުރެވެނީ 1996 އިން 2013 އަށް އިނގިރޭސިވިލާތުގައި ބަޔަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އެ ހުރިހާ ތުހުމަތެއް ވެސް އޭނާ ދޮގު ކުރެ އެވެ. އުމުރުން 59 އަހަރުގެ އެކްޓަރާ ދެކޮޅަށް އެމެރިކާގައި ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 30 އަށް ވުރެ ގިނަ ފިރިހެނުންނަށް ކެވިން ސްޕޭސީ ޖިންސީ ގޯނާ ކުރި ކަމަށް އެމީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ހޮލީވުޑް
ހިޔާލު