Maa ginain banduhaivany keeve?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މާ ގިނައިން ބަނޑުހައި ވަނި ކީއްވެ؟

ކެއުމަށް ފަހު ވެސް މާ ގިނަ އިރެއް ނުވެ ބަނޑުހައި ވެގެން އުޅުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ބަނޑުހައި ވެގެން ވަކި އެއްޗެއް ކާހިތްވެ، ރުޅި ގަދަވުމަކީ ވެސް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އަބަދު ބަނޑުހައިވެ ގައިގައި ވަރެއް ނެތި، މާ ގިނައިން ކަރުހިއްކައި އުޅުމަކީ ހަކުރު ބަލީގެ އަލާމާތަކަށް ވާއިރު އަބަދު ބަނޑުހައި ވުމަކީ އާއްމު ދިރިއުޅުމަށް ގެންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަމަކަށް ވުން ވެސް އެކަށީގެންވެ އެވެ.
މާ ގިނައިން ބަނޑުހައިވާ ސަބަބުތައް

1. އަވަސް އަވަހަށް ކެއުން: މާ އަވަސް އަރުވާލައިގެން ކާނަމަ ހަށިގަނޑުން ސިކުނޑިއަށް ބަނޑު ފުރޭ ކަމަށް ފޮނުވަން ޖެހޭ ސިގްނަލް ފޮނުވުމުށް ވަގުތެއް ނުލިބެ އެވެ.

2. ނިދަން ކަނޑައެޅިފައިވާ ވަރަށް ވުރެ މަދުން ނިދުން: މިކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި މާ މަދުން ނިދުމަކީ މިކަމުގެ ސިގްނަލުތައް ހަށިގަނޑަށް ފޮނުވަން ދަތިވެ މާ ގިނައިން ކެއުމަށް މެދުވެރިވާ ކަމެކެވެ.

3. މާ މަދުން ކެއުން: ކެއުމުގައި ކޮންމެ ވެސް ވަރަކަށް ކެލޮރީސް ހިމެނުމަކީ މުހިންމު ކަމެކެވެ. އެއީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދިނުމަށެވެ.

4. ސިއްހަތަށް ރަނގަޅު ކާނާ ނުކެއުން: ކޮންމެ ދުވަހެއްގެ ކެއުމުގައި ފައިބާ، ޕްރޮޓީންސް އަދި ފެޓް މި މާއްދާތައް ހިމަނަން ޖެހޭނެ އެވެ.

5. ފިކުރު ބޮޑުވުން: މާ ބޮޑަށް ކަންބޮޑުވެ، ކަންކަމާ ވިސްނާ ނަމަ ސްޓްރެސް ހޯމޯންސްތައް ގިނަވެ ބަނޑުހައިވުމަށް މެދުވެރި ވެއެވެ.

6. ކެއުމުގެ ކުރިން ފެން ނުބުއުން: ކެއުމުގެ ކުރިން މަދުވެގެން އެއް ތަށި ފެން ބުއިމަކީ މުހިއްމު ކަމެކެވެ.
ސިއްހަތު
ހިޔާލު