Dhaulathuge reserve ah 21 percent ge kuri erumeh
image
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރު-- ފޮޓޯ: އެމްއެމްއޭ/ ޓްވިޓާ
0 ކޮމެންޓް
 

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވަށް 21 އިންސައްތައިގެ ކުރިއެރުމެއް އައި: ގަވަރުނަރު ނަސީރު

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރަށް 21 އިންސައްތައިގެ ކުރިއެރުމެއް އައިސްފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 38 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ހަފްލާފައި ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރީ 712 މިލިއަން ޑޮލަރު ކަމަށެވެ.

"ދެހާސް އަށާރަ ވަނަ އަހަރު ނިމުނު އިރު ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި 712 މިލިޔަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަޅުގަނޑުމެންނަށް ތަފާސްހިސާބުތަކުން އެބަ އިނގޭ. ފާއިތުވެ ދިޔަ އަހަރާ ބަލާއިރު މިއީ 21 އިންސައްތައިގެ ކުރިއެރުމެއް،" ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިން މަހުގައި ދުނިޔޭގެ އިގްތިސާދީ ދުވެލި މަދު ޖެހުނު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ވެސް މިއަހަރު މަޑު ޖެހޭނެ ކަމަށް ކުރިން ލަފާ ކުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ފާހަގަކުރެވޭ މިންވަރަކަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖޫން މަސް ނިމުނު އިރު އެމްއެމްއޭގެ ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 276 މިލިއަން ޑޮލަރު ކަމަށާއި ސަރުކާރުން އުފައްދާފައިވާ ސޮވަރެއިން ޑިވެލޮޕްމެންޓް ފަންޑުގައި 158 ޑޮލަރު ހުރި ކަން ވެސް ނަސީރު ފާހަގަކުރެއްވި އެވެ. ނަސީރު ވިދާޅުވީ މާލީ ނިޒާމު ވަރުގަދަ ކުރަން އެމްއެމްއޭ އިން ގިނަ މަސައްކަތް ކުރާ ކަމަށެވެ.

އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ރައީސް މައޫމަނަކީ އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރެވެ.
ހިޔާލު