Alhugandah dhin aniyaain ekani ves Yameen hunnavaanee umurah jaluga: MP Jabir
image
ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު--
4 ކޮމެންޓް
 

އަޅުގަނޑަށް ދިން އަނިޔާ އިން އެކަނިވެސް ޔާމީން ހުންނަވާނީ އުމުރު ދުވަހު ޖަލުގައި: މެމްބަރު ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ދިން އަނިޔާތަކާ ގުޅޭ އިންސާފުވެރި ޝަރީއަތެއް ކޮށްފި ނަމަ، ރައީސް ޔާމީން ހުންނަވަން ޖެހޭނީ އުމުރު ދުވަހު ޖަލުގައި ކަމަށް ޖާބިރު ވިދާޅުވެއްޖެ އެވެ.
އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވުމުން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އޭނާ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް އޭނާގެ ޕާސްޕޯޓް ރައީސް ޔާމީންގެ ސަރުކާރުން ކެންސަލް ކުރި ކަމަށެވެ.

އޭގެ އިތުރުން އޭނާގެ ވިޔަފާރި "ފުނޑާލާފައި" ވާ ކަމަށާއި އޭނާއާއެކު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ވިޔަފާރިތައް ވެސް ރައީސް ޔާމީން "ފުނޑާލާފައި" ވާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ. އަދި އެ އަނިޔާ ދިނީ ރައީސް ޔާމީނަކީ "ވަގެކޭ" އަދި "ކޮރަޕްޝަން" ހިންގާ ބޭފުޅެކޭ ވިދާޅުވާތީ ކަމަށް ޖާބިރު ފާހަގަކުރެއްވި އެވެ.

"މިހާރަކަށް އައިސް ޒީރޯ ޓޮލަރެންސް ކޮރަޕްޝަނާއި އަދި އެހެނިހެން ވާހަކަތަކަކީ އެއީ ލަވަޔަކަށް ވެއްޖެ. ކޮރަޕްޝަންތައް ބަރާބަރަށް ހިނގަމުން ދަނީ. މި ސަރުކާރުން ކޮރަޕްޝަން ހިންގާ ވާހަކައެއް ނޫން، ފާއިތުވެދިޔަ ސަރުކާރުން ހިންގާފައި ހުރި ކޮރަޕްޝަނުގެ އަމަލުތައް ނުއެއް ބެލޭ. އާޒިމާ ޝަކޫރެއް ވެސް ނުއެއް ގެނެވޭ، އެ ކީއްވެގެންތޯ ނުގެނެވެންވީ، އެއީ މިހާރު ވެސް ނެޓްވޯކްތަކުގެ ތެރޭގައި އެމީސްމީހުންގެ ނެޓްވޯކްތަކާއި ގުޅިފައި ހުރީމާ،" ޖާބިރުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަނިޔާ ކުރުމަށް ފަހު ރާއްޖޭގެ ބައިލަތުލްމާލަށް ހިޔާނާތްތެރިވި ބޭފުޅަކު ދޫކޮށްލާފައި ބެއްހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރައީސް ޔާމީން މިއަދުން މިއަދަށް ހައްޔަރު ކުރަން ގޮވާލައްވާ ކަމަށެވެ.

"މިސަރުކާރުގެ ގާބިލިއްޔަތުކަން ހުންނަންވާނެ. މިމަޖިލީހުގެ 17 ކޮމެޓީ އެއްކޮށް އެންގޭޖް ވާންވީ އެ މަސައްކަތަށް. ވައްކަންކޮށްފައި ތިބި މީހުން ހިފާ ހައްޔަރު ކުރަން. އަނިޔާކޮށްފައި ތިބި މީހުން ހިފާ ހައްޔަރު ކުރަން. މި ރާއްޖޭގައި ހާދަ އަނިޔާއެކޭ މިކުރީ. ރައީސް ޔާމީންގެ އަނިޔާވެރިކަން ހައްދު ފަހަނާ އަޅާ ގޮސްފައިވާކަން ދިވެހި ރައްޔިތުންނަށް އެނގޭ. ގައުމުގެ ބައިބައި ވިއްކާ، މި ގައުމު ހަލާކުކޮށްފަ ގޮސް، އަދިވެސް ރައީސް ޔާމީން އަރާ ފާޑުފާޑުގެ މިއުޒިކް ކުޅެނީ. އެހެން ފުރުސަތު ދީގެން ނުވާނެ. އެފުރުސަތު ނުދޭނެ ކަމަށް އޮތީ ބުނެފަ، އެއީ ވައުދެއް. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް އެއީ،" ޖާބިރު ވަރަށް ފޯރިއާއެކު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މިވަގުތު ރާއްޖޭގައި "އޮޕޮޒިޝަނެއް" ނެތް ކަމަށާއި ހުރިއްޔާ ހުރި ބޭފުޅަކީ އޭނާ ކަމަށެވެ.

"މިވަގުތު ރާއްޖޭގައި އޮޕޮޒިޝަނެއް ނެތް، ހުރިއްޔާ ހުރީ އަޅުގަނޑު. އަޅުގަނޑު ސީދާ މި ދަންނަވަނީ ޔާމީން ގެންގޮސް ހައްޔަރު ކުރާށޭ މިއަދުން މިއަދަށް. މިތަނުގައި އޮޕޮޒިޝަނެއް ނެތްކަން ފާހަގަކުރެވޭ. އަޅުގަނޑު އެކަނި މިހުރީ އޮޕޮޒިޝަނުގައި. އަޅުގަނޑު އެކަނި ހުރެގެން ވިޔަސް އަޅުގަނޑު ބޭނުން ޔާމީން ހައްޔަރު ކުރަން. އޭނާ ދިން އަނިޔާއަށް އަޅުގަނޑު ހަމަގައިމު ވެސް މައާފެއް ނުކުރާނަން،" ޖާބިރު ވިދާޅުވި އެވެ.

ވެރިކަމުގެ ބާރުތައް މިހާރުގެ އިދިިކޮޅަށް ލިބޭ ދުވަހަކުން ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވީ މިދިޔަ ބުރާށްފަތު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ޖަލްސާއެއްގަ އެވެ.

އެކަމާ ގުޅިގެން މިއަދު ހެނދުނު ފެށި މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ. އެ މައްސަލަ ހުށަހަޅައްވަމުން ނިހާދު ވިދާޅުވީ އެކަމަކީ ސަރުކާރާ ދެކޮޅަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޔާމީނު އިންޒާރު ދީފައި ވާތީ ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
ހިޔާލު

ali moosa

ޢާޒިމާ ޝަކޫރު އެބަ އުޅޭ ހުލުމާލޭގަ

ފެންކުރި

މަނިކުފާނު ވާހަފުތިދައްކަވަނީ ހަމަހޭގަހުރެގެންތޯ އެއީ ދިވެހި ރައްއިތުން ދެކުނީމެ މަނިކުފާނު ފަޅުރަށެއްގެ ބީޗުގަ މުޅިމޫނުގަ ދޮންވެލި އުޅާއިގެން ދެއަތަށް ދެއަތަށް ކިރާލާ ކިރާލާ އިންނަވަނިކޮށް އަދިވެސް އައިސް ހުރެތި ވިދާޅުވަނީ އަނިއާއޭ އަނިއާއޭ އަިއާލިބުނުވަރު ކުޑައެއްނޫންތޯ

ޕިސްޕިސް

ޖާބިރު ކަލޭ ހަމަތަ ކަލޭ ސަޖިދާގަ އޮއްވާތަ އަނިޔާދިނީ މީހަކު އިސްލާމްދީން ހަރާންކުރި އެއްޗެއް ބޭނުންކުރަންހުއްޓަ ހިފާހައްޔަރުކުރުމަކީ އަނިޔާއެއްނޫން އެއީ ކުރަންޖެހޭކަމެއް ދެން އިހައްދުހުގެ ޖަލްސާގަ ކީއްވެ ބުނީ މައިކަލާކޯއޭ ރަލާ އޫރުމަސް ރާއްޖެ އެތެރެކުރުން މިހާރުންމިހާރަށް މަނާކުރާށޭ.އިސްލާމްދީނުގެ ހުކުމްތަކާ ކަލެޔަށް ކިހިނެއްދެކޮޅުހެދޭނީ ދެން އެހެން ހެދީޔޭކިޔާފަ ކަލޭގެ ހަސަދަ ފިލުވަން ޔާމީން ޖަލައްލާކައްނުޖެހޭނެ.ކަލޭތީ އަބަދު ހަމައިންނެއްޓިފަހުންނަމީހެއް

ބައިސްކަލް

ޔާމީނު ވެރިކަމުގައި އެތައްބަޔަކަށް ބޮޑެތި އަނިޔާތަކެއްވަނީ ދީފައި. އެކަމަށް އިންސާފު ނުލިބޭ، ހޯދަދޭން އުޅޭތަނެއްނުފެނޭ. އެތައްބައެއްގެ ދިރިއުޅުން ވަނީ ހަލާކުކޮށްފައި. އެމީސްމީހުން އެތިބީ އިންސާފުހޯދަން އެއްކޯޓުން އަނެއްކޯޓުން އެއްކޮމިޝަނުން އަނެއްކޮމިޝަނަށް ދުވެދުވެ. ވާކަމެއްނެތް. ދައުރު މިހިރަ ނިމެނީ.