Digital currency Raajje ah thaaaraf kurumakee bodu amaazeh: Governor Naseer
image
އެމްއެމްއޭ އަށް 38 އަހަރު ފުރުމުން ބޭއްވި ޖަލްސާގައި ގަވަރުނަރު އަހުމަދު ނަސީރު ވާހަކަދައްކަވަނީ-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފް ކުރުމަކީ ބޮޑު އަމާޒެއް: ގަވަރުނަރު ނަސީރު

ނަގުދު ފައިސާ ބޭނުންކުރުން މަދު ކުރުމަށް ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފް ކުރުމަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭ ގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްކާގައި ވާހަދައްކަވަމުން ނަސީރު ވިދާޅުވީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މާލީ ނިޒާމަށް ކުރިއެރުން ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖެ އަށް ޑިޖިޓަލް ކަރަންސީ ތައާރަފްކޮށް އެ ރޮނގުން ކުރިއެރުން ހޯދުމަކީ އެމްއެމްއޭގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މޯލްޑިވްސް ޕޭމެންޓް ސިސްޓަމްގެ މަސައްކަތް ކަމަށާއި އަންނަ އަހަރު އެ މަސައްކަތް އެއްކޮށް ނިންމާލެވުމާއެކު ޑިޖިޓަލް ކަރަންސީ އަށް ވާސިލްވުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

"މި މަޝްރޫއުގެ ތެރެއިން ދިވެހި ރާއްޖޭގައި ފައިސާގެ މުއާމަލާތް ކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާވާން ނުޖެހި ފައިސާ ބޭނުން ކުރުމުގެ މަގުފަހިވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރު މި ޕްރޮޖެކްޓްތައް ނިންމާ ރައްޔިތުންނަށް ލުއި ފަސޭހަ ގެނައުން،" ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދީ ދުވެލި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަޑުޖެހުނު ކަމަށާއި ރާއްޖޭގެ އިގުތިސާދީ ދުވެލި ވެސް މި އަހަރު މަޑުޖެހިލާނެ ކަމަށް ލަފާ ކުރެވުނު ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދީ ދުވެލި ޖުމްލަ ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.

އެ ހަފްލާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ވާހަކަދެއްކެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ފާއިތުވި 38 އަހަރުގައި އެމްއެމްއޭ އިން ފާހަގަކުރެވޭ ކާމިޔާބީތައް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ދިވެހި ފައިސާގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ވަނީ އެމްއެމްއޭގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫނަކީ އެމްއެމްއޭ ގެ އެންމެ ފުރަތަމަ ގަވަރުނަރެވެ. ރޭގެ ހަފްލާގައި އެމްއެމްއޭ ގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައިވެ އެވެ.
އެމްއެމްއޭ
ހިޔާލު