Shaayan ACC ah haaziru kurumah court amurakah edhijje
image
ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު-- ފޮޓޯ: ފޭސްބުކް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ހާޒިރު ކުރަން ކޯޓު އަމުރަކަށް އެދިއްޖެ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމަށް ކޯޓު އަމުރަކަށް އެދިއްޖެ އެވެ.
ޝާޔަން އެ ކޮމިޝަނަށް ހާޒިރު ކުރަން ކޯޓު އަމުރަކަށް އެދިފައި ވަނީ ޕީއެސްއެމުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގުމަށެވެ.

މިދިޔަ ހަފުތާގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ ބައްދަލުވުމެއްގައި އޭސީސީން ވަނީ، އެ މައްސަލަތަކުގެ ތަހުގީގަށް ޕީއެސްއެމް ގެ ކުރީގެ ބޯޑު މެމްބަރަކު ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާ ކަމަށް ބުނެފަ އެވެ.

ޝާޔަން ވަނީ ޕީއެސްއެމުން ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ކަންކަމުގައި ވެސް ވަރަށް އިސްކޮށް އުޅުއްވާފަ އެވެ. ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން ބޭއްވި މޯލްޑިވިއަން އައިޑޮލް ގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވެ އެވެ.

އޭސީސީން ވަނީ ތަހުގީގު ބޭނުމަށް، ޕީއެސްއެމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަމާ ގުޅޭ އިދާރީ މަސައްކަތް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކު ތަކާއި އީމެއިލް މުއާމަލާތްތައް ވެސް އެ ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕީއެސްއެމާ ގުޅޭ ހިޔާނާތުގެ މައްސަލަތައް ބަލާ ދިނުމަށް އެދި އޭސީސީ އަށް ހުށަހެޅީ އެތަނުގެ މިހާރުގެ މެނޭޖްމަންޓުންނެވެ.
ހިޔާލު

އަހައްމާ

މީ މިއަދުގެ ގައުމުގެ ޚާލަތެވެ. ރީތި މާ ވެސް ހުރެއެވެ. އަދި ރީތި ނަލަ ނަލަ ކުދީން ވެސް ތިބެއެވެ. ބޭރުފުށުން ވަރަށް ރީއްޗެވެ. އެހެން ނަަމަވެސް ވިދާހާ ކޮންމެ އެއްޗަކީ ރަން ނޫންކަށް ގަބޫލު ކުރަން ޖެހޭނެއެވެ. ކަރެޕްޝަނަކީ ވެސް ވައްކަމެވެ. އެހެން ކަމުން ވައްކަން ކުރާމީހާ އަތްބުރި ކުރާނަމަ ހާދަބަޔަކު މިގައުމުން ވެސް އަތް ބުރިކުރަން ޖެހޭނެތާއެވެ. މިފަދަ ހުތުރު އަމަލުގައި ބައިވެރި އެވަނީ މަގާމާއި ފައިސާގެ ދަހިވެހިވެތި ކަމުގައި ނޫންބާ ؟؟